Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ބޮޑެތި ހުރިހާ ގޭންގުތައް ހުއްޓުވާނަން - ހޯމް މިނިސްޓަރު

ރާއްޖޭގެ ބޮޑެތި ހުރިހާ ގޭންގުތައް ހުއްޓުވާނަން - ހޯމް މިނިސްޓަރު

އުސްތާޛް އަލީ އާދަމް
654 ދުވަސް ކުރިން - 20 ނޮވެންބަރު 2024 03:13
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާާބެހޭ ވަޒީރު ޢަލީ އިހުސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާާބެހޭ ވަޒީރު ޢަލީ އިހުސާން
ޚުލާސާ

ރާއްޖޭގައި ޙަރަކާތްތެރިވާ ބޮޑެތި ގޭންގުތައް ހުއްޓުވުމުގެ ޤާބިލުކަމާއި ހިތްވަރު މި ސަރުކާރުގައި އެބަހުރި ކަމަށާއި، އެކަން ކުރާނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ.

ރާއްޖޭގައި ޙަރަކާތްތެރިވާ ނަން މަޝްހޫރު ބޮޑެތި ހުރިހާ ގޭންގުތަކެއް ހުއްޓުވުމުގެ ޤާބިލުކަމާއި ހިތްވަރު މި ސަރުކާރުގައި އެބަހުރި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ. ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދާ ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އުޅޭ ބޮޑެތި ހުރިހާ ގޭންގުތައް ހުއްޓުވާނެ ކަމުގެ ހިތްވަރު މިހާރުގެ ރައީސްގެ ކިބައިގައި ހުރިކަމުގެ 100 އިންސައްތަ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

ޤާނޫނުތައް ތަންފީޒުކުރުމަށް މިހާރުގެ ސަރުކާރުން ގެންގުޅޭ ތަޞައްވުރު ނިމިދިޔަ ސަރުކާރުތަކުން ވެސް ގެންގުޅުނު ނަމަ ގޭންގުތަކުގެ ބިރުވެރިކަން މިހާރު އޮތް ވަރަށް ބޮޑު ނުވާނެ ކަމަށާއި، ރައީސްގެ ކޮންމެ ނިންމެވުމެއް ފުރިހަމައަށް ތަންފީޛުކުރުމަށް ހޯމް މިނިސްޓްރީންނާއި ދިވެހި ފުލުހުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ގޭންގު ނުރައްކާ މިހާ ބޮޑުވެފައިވަނީ ކުރީގެ ސަރުކާރުތަކުން އެފަދަ ފަރާތްތަކަށް އެއްބާރުލުމާއި ބާރުވެރިކަން ދިނުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރަކަށް އައިސް ކުށުގެ މާހައުލުގައި 12، 13 އަހަރުގެ ކުދިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ކެބިނެޓުން ނިންމައި، އެ އިޞްލާޙު މިހާރު ޑްރާފްޓްކޮށް އޭޖީ އޮފީހަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކުށްކުރުން މަދުކޮށް، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރުގެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގޭންގު ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީގެ ތެރޭގައި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި، ޒަމާނީ ވަސީލަތްތައް ތަޢާރަފުކުރުން ހިމެނެއެވެ. އަދި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، ޒުވާނުންނަށް ރަނގަޅު ފުރުޞަތުތައް ހޯދައިދިނުމަށްވެސް އިސްކަންދޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެ ގޭންގު ޙަރަކާތްތަކުން މުޅިން ސަލާމަތްކުރުން ކަމަށާއި މިއީ ދުވަހުން ދުވަހަށް ކުރެވޭނެ ކަމެއް ނޫން ނަމަވެސް ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ގޭންގު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ އިޞްލާޙީ ޕްރޮގްރާމްތަކުގެ ވާހަކަވެސް މިނިސްޓަރު ދެއްކެވިއެވެ. މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ އެފަދަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމާއި، އެމީހުންނަށް އާ ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ، ގޭންގު ހަރަކާތްތައް ހުއްޓުވުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒު ކަމަށާއި، މި މަސައްކަތުގައި ހުރިހާ ދިވެހި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތުގައި ކާމިޔާބު ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާންރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

4 ދުވަސް ކުރިން - 16:10