Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޮނޑި ގެއްލޭނެ ޙާލަތުތައް ޤާނޫނު އަސާސީގައި ހިމެނުމަށް ޕީއެންސީން ބިލެއް ހުށަހަޅަން ނިންމައިފި

ގޮނޑި ގެއްލޭނެ ޙާލަތުތައް ޤާނޫނު އަސާސީގައި ހިމެނުމަށް ޕީއެންސީން ބިލެއް ހުށަހަޅަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
649 ދުވަސް ކުރިން - 19 ނޮވެންބަރު 2024 22:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. / ފޮޓޯ: މަޖިލިސް
ޚުލާސާ

ޕީއެންސީން ވަނީ އެންޓި ޑިފެކްޝަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ޤާނޫނު އަސާސީގައި ވެސް ގޮނޑި ގެއްލޭނެ ޙާލަތުތައް ހިމެނުމަށް ބިލެއް ތައްޔާރުކޮށްފައި. މި ބިލު ހުށަހެޅުމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ވެސް ވަނީ ފާސްކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ޙާލަތުތައް ޤާނޫނު އަސާސީގައި ހިމެނުމަށް ބިލެއް ހުށަހެޅުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ.

ކުރީގެ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވެސް ގޮނޑި ގެއްލޭގޮތަށް ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިލު ތަސްދީޤު ކުރެއްވި ނަމަވެސް، މި "އެންޓި ޑިފެކްޝަން" ޤާނޫނުގައި ބާގަނޑުތަކެއް ހުރި ކަމަށާއި، އަދި މި ޤާނޫނުގެ ބައެއް މާއްދާތައް ޤާނޫނު އަސާސީއާ ފުށުއަރާ ކަމަށް ޤާނޫނީ ވަކީލުން ފާހަގަކޮށްފައިވެއެވެ.

މިހާރު އޮތް ޤާނޫނުގައިވާ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާތައް އުވާލުމަށް އެދި އަމިއްލަ ފަރާތަކުން ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަން ވެސް ފާހަގަކުރެވެއެވެ.

Advertisement

Advertisement 1

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ޕީއެންސީން ވަނީ އެންޓި ޑިފެކްޝަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ޤާނޫނު އަސާސީގައި ވެސް ގޮނޑި ގެއްލޭނެ ޙާލަތުތައް ހިމެނުމަށް ބިލެއް ތައްޔާރުކޮށްފައެވެ. މި ބިލު ހުށަހެޅުމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ވެސް ވަނީ ފާސްކޮށްފައެވެ.

ޕީއެންސީން ތައްޔާރުކޮށްފައިވާ ބިލުގައި، މަޖިލިސް މެންބަރުން މަޤާމުން ވަކިވާނެ ހަތަރު ޙާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ:

  1. އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުން
  2. އިންތިޚާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން
  3. އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
  4. އިންތިޚާބުވި ޕާޓީން ވަކިކުރުން

މި ބިލު ހުށަހެޅުމުން، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ މައްސަލައިގައި އާ ބަހުސްތަކެއް ކުރިއަށްދާނެއެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43