ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މާދަމާ އޮންނަ މަޖިލިސް ޖަލްސާއަށް މި އިޞްލާޙް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މި އިޞްލާޙްހެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އިތުރަށް ރައްކާތެރި ކުރުމެވެ. މިހާރު ޤާނޫނުއަސާސީ އޮންނަ ގޮތުން ރާއްޖޭގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބުމަށް މަޖިލީހުގެ ރުހުން ބޭނުމެއް ނުވެއެވެ.
ކުރީގެ ސަރުކާރުން ވަނީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ޢަޒުމް ކަނޑައަޅުއްވާފައެވެ. މި އިޞްލާޙަކީ އެކަން ޔަޤީންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެވެ.









