Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީން ހަގީގަތް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރާ ކަމަށް ބުނެ އެކަން ޕީއެންސީން ކުށްވެރިކޮށްފި

އެމްޑީޕީން ހަގީގަތް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރާ ކަމަށް ބުނެ އެކަން ޕީއެންސީން ކުށްވެރިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
569 ދުވަސް ކުރިން - 19 ނޮވެންބަރު 2024 21:49
ޕީއެންސީ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާޓީގެ މެމްބަރުން. / ފޮޓޯ: ޕީއެންސީ
ޕީއެންސީ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާޓީގެ މެމްބަރުން. / ފޮޓޯ: ޕީއެންސީ
ޚުލާސާ

ފާއިތުވި އަހަރު ރައީސް މުއިއްޒުގެ ވެރިކަމުގައި ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ޕީއެންސީން ބުނެފައިވޭ.

އިދިކޮޅު އެމްޑީޕީން ޙަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރާ ކަމަށް ބުނެ އެކަން ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ކުށްވެރިކޮށް، މިރޭ ބަޔާނެއް ނެރެފިއެވެ..

ޕީއެންސީގެ ބަޔާނުގައި ބުނީ، ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިޒުގެ ވެރިކަމުގައި ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިވުމާއެކު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.

ޕީއެންސީން ބުނިގޮތުގައި ފާއިތުވި ތިންއަހަރު ދައުލަތުގެ ޚަރަދުތައް އެވްރެޖްކޮށް 15 ޕަސަންޓް އިތުރުވަމުން ދިޔަ ނަމަވެސް މި އަހަރު ދައުލަތުގެ ޚަރަދުތައް އިތުރުވެފައިވަނީ އެންމެ 2.5 ޕަސަންޓަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓު 378 މިލިއަން ރުފިޔާއިން ކުޑަކުރެވި 3.6 އިންސައްތަ ދަށް ކުރެވިފައިވާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ކުރީ ސަރުކާރުން ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގި މަޝްރޫއުތަކުގެ ޚަރަދުތައް ރިކޯޑް ނުކޮށް މި އަހަރުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނުމުން ކުރިމަތިވި މައްސަލަތައް ހައްލު ކުރުމަށް ފަހު މިހާރު ކޮންމެ ހަފްތާއަކު ޚަރަދާއި އާމްދަނީގެ ތަފްޞީލްތައް އާންމުކުރަމުން އަންނަ ކަމަށް ވެސް ޕީއެންސީން ފާހަގަކުރިއެވެ.

ޕީއެންސީން އިތުރަށް ބުނީ، ރައީސް އޮފީހަށް ހުށަހެޅި ހުރިހާ އާރުޓީއައިތަކަށް ޖަވާބުދީފައިވާ ކަމަށާއި، މިނިސްޓްރީތަކުގެ އާރުޓީއައިތަކަށް ވެސް ޖަވާބު ދެމުން އަންނަ ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، 700 އަށްވުރެ ގިނަ ފަހަރު މިނިސްޓަރުން އެކިއެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީން ފާހަގަކުރިގޮތުގައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ނިންމާ ނިންމުންތައް އާންމުންނަށް ފެންނާނެހެން އާންމުކުރަން ފަށާފައިވަނީ މި ސަރުކާރުން ކަމަށެވެ. އަދި މި އަހަރުގެ މާޗުން ފެށިގެން ކެބިނެޓުގެ ކޮންމެ ނިންމުމެއް އަދާހަމަކޮށް ޝާއިއުކުރަމުން އަންނަ ކަމަށް ވެސް ޕީއެންސީން ފާހަގަކުރިއެވެ.

ޕީއެންސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

4 ދުވަސް ކުރިން - 10:48

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

5 ދުވަސް ކުރިން - 23:26

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

5 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

11 ދުވަސް ކުރިން - 14:31