އިސްރާއީލް ޕާސްޕޯޓު ބޭން ކުރުމަށް ދިވެހި ރައްޔިތުންނަށް ޚިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިން ބުނެފައިވަނީ މިއަދުން ފެށިގެން އެ ކޮމެޓީއިން ދިރާސާ ކުރައްވަމުން ގެންދަވާ "ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލު" އާ ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.
ކޮމެޓީއިން ބުނެފައިވަނީ ޢާންމުން ގެ ތެރެއިން އެއްވެސް ޚިޔާލެއް ހުށަހަޅަން ބޭނުންވާ ފަރާތެއް ހުރި ނަމަ 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމެޓީގެ އީމެއިލް އެޑްރެސް 241_committee@majilis.gov.mv އަށް ނުވަތަ ރައްޔިތުން މަޖިލީހުން ލިޔުމަކުން އެންގުމަށް އެންގުމަށެވެ..
ރާއްޖެއަށް ފަތުރުވެރިން އަންނަ، އިސްރާއިލްގެ ޕާސްޕޯޓު ބޭންކުރަން ހުށަހަޅާފައިވަނީ މިހާރު ފަލަސްޠީނަށް ދެމުން ގެންދާ ނިރުބަވެރި ޢަމަލުތަކުގެ ސަބަަބުން އެކަމާ ނުރުހި ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.









