އައިލެންޑް އޭވިއޭޝަނުން ޖެނިފާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

މުޙައްމަދު ޛިހާން ޒުބައިރު | 333 ދުވަސް ކުރިން - 19 ނޮވެންބަރު 2024 13:09
އައިޝަތު ޖެނިފާ.
އައިޝަތު ޖެނިފާ.
ޚުލާސާ

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޖެނިފާ އައްޔަންކުރެވުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު. ނަމަވެސް މިދިޔަ ޖަނަވަރީ މަހު ވަނީ އޭނާ އެ މަޤާމުން ވަކިކޮށްފައި.

މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ މައްސަލަ އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނެރުނު ހުކުމަކާ ގުޅިގެން މިދިޔަ ހަފުތާގައި އައިލެންޑް އޭވިއޭޝަނުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޖެނިފާ އައްޔަންކުރެވުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހު އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުމަކުން އޭނާ އެ މަޤާމުން ވަކިކުރިއެވެ.

ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ މަޤާމުން ވަކިކުރީ ވަކިކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 56,000 ރުފިޔާއަށް ވުރެ ގިނަ ޢަދަދެއް ޖެނިފާއަށް ދޭންޖެހޭނެ ކަމަށްވެސް ޓްރައިބިއުނަލުން ނިންމާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%