Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރަނި އަދާކޮށް ފައިދާ ހޯދުމަށް މަސައްކަތްތަކެއް ފަށައިފިން: އެމްޑީ ޝަކީލް

ދަރަނި އަދާކޮށް ފައިދާ ހޯދުމަށް މަސައްކަތްތަކެއް ފަށައިފިން: އެމްޑީ ޝަކީލް

އައިޝަތު ރުވާ ރިފްޢަތު
660 ދުވަސް ކުރިން - 18 ނޮވެންބަރު 2024 21:42
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލު
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލު
ޚުލާސާ

މި ދައުރުގެ ތެރޭގައި ދަރަނިތައް ދައްކާ ޚަލާސްކޮށް ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި.

ޙައްޖު ކޯޕަރޭޝަނުން ދަރަނި އަދާކޮށް، ފައިދާ ހޯދުމަށް އާ މަސައްކަތްތަކެއް ފަށާފައިވާ ކަަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޝަކީލް ވިދާޅުވި ގޮތުގައި، ޙައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ކުންފުނީގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، ފާއިތުވި އަހަރުތަކުގައި އެ ކޯޕަރޭޝަން ހިންގަމުން އައީ ޙައްޖު އުމްރާ ގްރޫޕެއްގެ ގޮތުގައެވެ. އަދި ވޭތުވެދިޔަ 11 އަހަރު 168 މިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށްވެސް ޝަކީލް ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

"މި ދައުރުގެ ތެރޭގައި ދަރަނިތައް ދައްކާ ޚަލާސްކޮށް ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދަނީ." ޝަކީލް ވިދާޅުވިއެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށް، ޙައްޖު ކޯޕަރޭޝަނުން ވަނީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ނިންމާފައެވެ. މިގޮތުން ހުޅުމާލޭގައި ރެޒިޑެންޝަލް ޢިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އެ ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާ ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑު ބައެއް ދެއްކޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝަކީލް ހާމަކުރެއްވިއެވެ.

ޝަކީލް އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނަށް ރައްޔިތުންގެ އިތުބާރު ލިބި، ޙައްޖާއި އުމްރާއަށް ދާން ފައިސާ ދައްކާ މީހުންގެ ޢަދަދު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ މި މަސައްކަތްތަކާއެކު، ކުރިއަށް އޮތް ތަނުގައި ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވެ، ޙައްޖާއި އުމްރާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ޝަކީލް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ޙައްޖުވެރިންވެސް މިނާގައި، އިންތިޒާމު ބަރާބަރު! އަލްޙަމްދުލިއްލާހި

ހުރިހާ ޙައްޖުވެރިންވެސް މިނާގައި، އިންތިޒާމު ބަރާބަރު!

462 ދުވަސް ކުރިން - 09:34

ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް މިއަދު ފުރައިފި

ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް މިއަދު ފުރައިފި

468 ދުވަސް ކުރިން - 08:59

ރައީސްގެ ނިންމެވުމާއެކު، މިއަހަރުން ފެށިގެން ޙައްޖުވެރިން މަދީނާއަށް ކުރާ ދިހަގަޑިއިރުގެ ދަތުރު ދެގަޑިއިރަށް ކުރުވެއްޖެ

މިއަހަރުން ފެށިގެން ޙައްޖުވެރިންގެ ދިހަގަޑިއިރުގެ ދަތުރު ދެގަޑިއިރަށް!

470 ދުވަސް ކުރިން - 09:30

ހައްޖުވެރިންނަށް މިނިސްޓަރު ޝަހީމްގެ މުހިންމު ނަސޭހަތްތަކެއް!

ހައްޖުވެރިންނަށް މިނިސްޓަރު ޝަހީމްގެ މުހިންމު ނަސޭހަތްތަކެއް!

472 ދުވަސް ކުރިން - 13:55

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިފްތިތާހުކުރުމަށް ސައުދީ ވަފުދެއް ރާއްޖެއަށް

މައްކާ ރޫޓް އިފްތިތާހުކުރުމަށް ސައުދީ ވަފުދެއް ރާއްޖެއަށް

474 ދުވަސް ކުރިން - 16:24

ކިއުގައި ތިބި އެންމެނަށް މިއަަހަރު ޙައްޖަށް ދެވޭނެ: ރައީސް

ކިއުގައި ތިބި އެންމެން މިއަަހަރު ޙައްޖަށް ފޮނުވަނީ

534 ދުވަސް ކުރިން - 03:34