Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަން ނިންމައިފި

މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
660 ދުވަސް ކުރިން - 18 ނޮވެންބަރު 2024 20:31
ފަރުމަސް މަސްވެރިމަކަމަށް ޚާއްޞަ މުބާރާތެއް މަސްވެރިންގެ ދުވަހުގައި/ ފޮޓޯ: ސްޕޯޓް ގެސްޓް ހޮލިޑޭސް
ފަރުމަސް މަސްވެރިމަކަމަށް ޚާއްޞަ މުބާރާތެއް މަސްވެރިންގެ ދުވަހުގައި/ ފޮޓޯ: ސްޕޯޓް ގެސްޓް ހޮލިޑޭސް
ޚުލާސާ

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ. މި މުބާރާތް އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކަމަށާއި، މި މުބާރާތުގެ އެންމެ ބޮޑު މަޤްޞަދަކީ ފަރުމަސްވެރިކަމަށް އިތުރު ސަމާލުކަމެއް ގެނައުމާއި، މަސްވެރިންގެ މެދުގައި ހެޔޮ ވާދަވެރިކަމެއް އުފެއްދުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، މި މުބާރާތުގައި ވާދަކުރާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، އެއްވަނައަށް އަންނަ ޓީމަށް 25,000 ރުފިޔާ، ދެވަނަ ޓީމަށް 20,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 15,000 ރުފިޔާ ދޭނެއެވެ. މީގެ އިތުރުން، އެންމެ ބަރު މަސް ބާނާ ފަރާތަކަށް 2,000 ރުފިޔާގެ ޚާއްޞަ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށްމމިނިސްޓްރީން ބުންޏެވެ..

Advertisement

Advertisement 1

މި މުބާރާތުގައި މަސްތައް ތިން ކެޓަގަރީއަކަށް ބަހާލާނެއެވެ. ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރަތްމަސް، ފިލޮޅު، ގިޔުޅު، ހިބަރު އަދި ކުރުމަހާއި ހަންޖެވެ.. ދެވަނަ ކެޓަގަރީގައި ހިމެނެނީ ތޮޅި، ގިނިމަސް، މާނިޔާމަސް، ފޮނިޔަމަސް އަދި ފާނައެވެ. އެހެނިހެން މަސްތައް ހިމެނެނީ ތިންވަނަ ކެޓަގަރީގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ 44ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި މުބާރާތުގެ ސަބަބުން މަސްވެރިންގެ މެދުގައި ވާދަވެރި ރޫހެއް އުފެދި، ފަރުމަސްވެރިކަމަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ

މަސްވެރިކަންފިޝަރީޒް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

2 ދުވަސް ކުރިން - 10:19

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ސްބްސިޑީ ދޫކުރުމަށް ނިންމައިފި

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

3 ދުވަސް ކުރިން - 12:06

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

8 ދުވަސް ކުރިން - 13:19

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

9 ދުވަސް ކުރިން - 17:01

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

15 ދުވަސް ކުރިން - 14:38

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

57 ދުވަސް ކުރިން - 16:41