Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންނަ އަހަރަކީ ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީގެ އަހަރު - އަބްދުއްރަޙީމް

އަންނަ އަހަރަކީ ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީގެ އަހަރު - އަބްދުއްރަޙީމް

އައިޝަތު ރުވާ ރިފްޢަތު
650 ދުވަސް ކުރިން - 17 ނޮވެންބަރު 2024 18:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ސަރުކާރު ގެނައީ ވަރަށް މަސައްކަތުން ކަމަށާއި، ޑިޕްލޮމެސީގެ ރީތި އުޞޫލުން ބޭރުގެ ސިފައިން ވަނީ ފޮނުވާލާފައި ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ސަރުކާރު ގެނައީ ވަރަށް މަސައްކަތުން ކަމަށާއި، ޑިޕްލޮމެސީގެ ރީތި އުޞޫލުން ބޭރުގެ ސިފައިން ވަނީ ފޮނުވާލާފައި ކަމަށް.
ޚުލާސާ

ހުރިހާ ފަރާތްތަކުން ވެސް ޤައުމުގެ ތަރައްޤީއަށްޓަކައި އެއްބާރުލުން ދެއްވުމަށާއި އަދި ކުރިއަށް އޮތް އަހަރަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އިތުރަށް ހަލުވި ވެގެންދާނެ އަހަރެއް ކަމުގެ އުންމީދު ކުރައްވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި.

އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ، އަތްލެވޭ ތަރައްޤީގެ އަހަރަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެސަރުކާރަށް 1 އަހަރު ވުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ ހާސިލު ކުރެއްވިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

Advertisement

Advertisement 1

"ކޮންމެ ކާމިޔާބީ އަކީ އަތްލެވޭ އެއްޗެއް ނޫން. ބައެއް ކާމިޔާބީ ތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވީ ރާއްޖޭގެ އިސްތިޤްލާލާއި، މިނިވަންކަން ޔަޤީން ކުރުމަށާއި، ދީނީ ވަޙުދަތު ހިމާޔަތްކޮށް ޤައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރެއްވީ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ޢަބްދުއްރަޙީމް ފާހަގަ ކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި އެކަން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ބޭރު ސިފައިން ރާއްޖެއިން ފޮނުވާލުމާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ދުރެއް ގާތެއް ނުބައްލަވައި ޤައުމުގެ މައިގަނޑު އަސާސްތަކަށް އިޙްތިރާމްކުރާ އެންމެންނާއެކު ގުޅުން ޤާއިމުކުރެއްވިކަންވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

"މި ސަރުކާރު ގެންނެވީ ވަރަށް މަސައްކަތުން. އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީގެ އަހަރަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކުން ވެސް ޤައުމުގެ ތަރައްޤީއަށްޓަކައި އެއްބާރުލުން ދެއްވުމަށާއި އަދި ކުރިއަށް އޮތް އަހަރަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އިތުރަށް ހަލުވި ވެގެންދާނެ އަހަރެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.   

މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

"ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ": ތިން ރައީސުންގެ އިއްތިހާދަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

"ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ": އަބްދުއްރަހީމް

105 ދުވަސް ކުރިން - 02:38

2018 ގައި ބަލިވާނެ ކަމަށް ޔާމީން ގާތު ބުނިން، ނަމަވެސް ގަބޫލެއް ނުކުރެއްވި: އަބްދުއްރަހީމް

"2018ގައި ބަލިވާނެ ކަމަށް ޔާމީން ގާތު ބުނިން"

106 ދުވަސް ކުރިން - 21:48

މިތިބީ ވަކި ނުކުރެވޭ ވަރަށް އެކުއެކީގައި: އަބްދުއްރަހީމް

މިތިބީ ވަކި ނުކުރެވޭ ވަރަށް އެކުއެކީގައި: އަބްދުއްރަހީމް

107 ދުވަސް ކުރިން - 21:40

އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ "އީ-ޕެޓިޝަން ޕޯޓަލް" އިފްތިތާހުކޮށްފި

"އީ-ޕެޓިޝަން ޕޯޓަލް" އިފްތިތާހުކޮށްފި

202 ދުވަސް ކުރިން - 20:00