Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
661 ދުވަސް ކުރިން - 17 ނޮވެންބަރު 2024 17:09
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ޚުލާސާ

މި އިޞްލާޙުގެ ދަށުން، ޤާނޫނާ ޚިލާފުވާ ފަރާތްތައް 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ޢަމަލު ހިންގި ފަރާތް ނިސްބަތްވާ ޕާޓީ 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ.

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ 13 ނޮވެމްބަރ 2023 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން، އުވާލެވޭ ސިޔާސީ ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެހެނިހެން ރަމްޒުތައް އަލަށް އުފައްދާ ޕާޓީއަކަށް ބޭނުންކުރެވޭނީ އުވާލެވުނު ތާރީޚުން ފެށިގެން 5 އަހަރު ފަހުންނެވެ. މީގެ އިތުރުން، ޕާޓީ ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

Advertisement

Advertisement 1

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ މިންވަރު ވެސް މި އިޞްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ އާއި 0.2 އިންސައްތަ އާއި ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އަދަބުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތައް 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ޢަމަލު ހިންގި ފަރާތް ނިސްބަތްވާ ޕާޓީ 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މި އިޞްލާޙު ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ. ސިޔާސީ ޕާޓީގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި، ހިންގުމާއި، އުވާލުމާ ގުޅޭ އެންމެހައި ކަންކަން ތަންފީޛުކުރާ ޤާނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސިޔާސީ ޕާޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05