ތ.ގުރައިދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެރަށުގައި އެއާޕޯޓެއް ޤާއިމުކުރުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް އެ ވައުދު ވެވަޑައިގެންނެވީ ކެމްޕޭނުގެ ތެރޭގައި އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އިބްރާހިމް ތަޢާމު މުޙައްމަދެވެ. އަދި އެމްޓީޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއެވެ.
މި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ހަދަން ކަނޑައަޅާފައިވާ ބިން ހިއްކުމާއި، ހިއްކާ ބިން ހިމާޔާތް ކުރުމަށް ވެެސް ވަނީ ހަމަޖެހިފައެވެ.









