ޤާނޫނާއި ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް އަތުލައިގަނެއްޖެއެވެ.

މިއަދު އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ, އެ ބޯޓު ފެނިފައިވަނީ އެމްއެންޑީއެފް އެއާ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި ކޯސްޓުގާޑުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ އުޅަނދު މިހާރު ވަނީ އިންޓަސެޕްޓު ކުރެވި ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް މަޢުލޫމާތުދެއެވެ.