އިސްރާއީލީ ސިފައިން ޣައްޒާގެ ބެތްލަހަމްގެ ދެކުނުގައިވާ އަލް-ޚަދަރު އަށް އަރައިގަނެ ރައްޔިތުންނަށް ބިރުދައްކައި ކަރުނަގޭސް ބޮން ގޮއްވައި އަސްލު ވަޒަން ބޭނުންކޮށް ބިރުދައްކައި ޙަމަލާ ދޭން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން އިއްޔެއިން ފެށިގެން ގިނަ ޢަދަދެއްގެ ޢާންމުންނަށް އަނިޔާދީ ވެހިކަލްތަކަށް ޙަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަރުނަގޭސް ބޮމުގެ ސަބަބުން ގިނަ ޢަދަދެއްގެ ކުޑކުދިންނާއި އަންހެނުން ނޭވާ ހާސްވެ ޙާލު ދެރަވި ކަމަށްވެސް ޚަބަރު ލިބެއެވެ.
މަސްދްރުތަކުން ރިޕޯޓުކުރި ގޮތުގައި އިސްރާއީލް ހަނގުރާމަވެރިން އެ ރަށަށް ވަދެ، މިސްކިތަކާއި ދެ ރެފިއުޖީން އުޅޭ ސަރަހައްދެއް ވަށައި ބަންދުކޮށްފައި ވެއެވެ. އަދި އެތަނުގައި އަސްކަރީން ގާއިމުކޮށްފައިވެއެވެ.
އިސްރާއީލުން "ބޭނުންވާ" ފަލަސްޠީން ރައްޔިތުން ހޯދުމުގެ ނަމުގައި ހަމަ ކޮންމެ ދުވަހަކުހެން ހުޅްނގުއައްސޭރީގެ ގެތަކަށް ވަދެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނާއި ދެމެދު ގަދަފަދަ ކުރިމަތިލުންތައް ހިނގައެވެ.
ފަލަސްޠީނު އޮތޯރިޓީގެ ފުރިހަމަ ބާރު ހިނގާ ސަރަހައްދުތަކަށްވެސް އިސްރާއީލްސިފައިން ވަދެއެވެ. މިފަދަ ރެއިޑުތައް ކުރަނީ އެއްވެސް ވޮރަންޓެއް ނެތި، ނަތަންޔާހޫގެ ސަރުކާރުން އަސްކަރިއްޔާއަށް ބޭނުން ވަގުތެއްގައި ބޭނުން ތަނަކަށް ވަދެވޭ ގޮތަށް ދީފައިވާ ބާރާއި އިޚްތިޔާރުތަކުގެ ދަށުންނެވެ.
އިސްރާއީލް އަސްކަރީ ޤާނޫނުގެ ދަށުން، ވެސްޓް ބޭންކުގައި ދިރިއުޅޭ 3 މިލިއަން ފަލަސްޠީނު މީހުންގެ މައްޗަށް އަމުރު ހިންގުމުގައި ކޯޓު ވޮރެންޓެއް ހޯދާކަށް ނުޖެހޭނެއެވެ.









