Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަށްރަށުގައި ސަރުކާރުން ޤާއިމްކުރާ އައިސްޕްލާންޓްތަކުގެ މަސައްކަތް 2 އަހަރު ތެރޭ ނިންމޭނެ: މިނިސްޓަރ ޝިޔާމް

ރަށްރަށުގައި ސަރުކާރުން ޤާއިމްކުރާ އައިސްޕްލާންޓްތަކުގެ މަސައްކަތް 2 އަހަރު ތެރޭ ނިންމޭނެ: މިނިސްޓަރ ޝިޔާމް

މަރްޔަމް ޝަހުދާ
617 ދުވަސް ކުރިން - 11 ނޮވެންބަރު 2024 13:22
މިނިސްޓަރ ޝިޔާމް.
މިނިސްޓަރ ޝިޔާމް.
ޚުލާސާ

މިހާރުވެސް 4 އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން. އިތުރު 5 އައިސްޕްލާންޓެއްގެ މަސައްކަތް އަންނަ އަހަރު ތެރޭ ފެށުމަށް ބިޑަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި.

ސަރުކާރުން ރަށްރަށުގައި ޤާއިމްކުރާ އައިސްޕްލާންޓްތަކުގެ މަސައްކަތް ދެއަހަރު ތެރޭ ނިންމޭނެ ކަމަށް ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މިފްކޯގެ އައިސްޕްލާންޓްތައް ވަނީ ފެނަކައާއި ހަވާލުކޮށްފައިވާ ކަމަށާއި، އެ އައިއސްޕްލާންޓްތައް ހިންގުމުގެ ހަކަތެއް ފެނަކައިގައި ނެތް ކަމަށެވެ. އަދި މިކަމާ ގުޅިގެން ގިނަ އައިސް ޕްލާންޓްތަކުގެ އޮޕަރޭޝަން ހުރީ ހުއްޓިފައިކަމަށާއި، މި ސަރުކާރުން އައިސް މި އައިސްޕްލާންޓްތައް އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކައަށް ތަރައްޤީކުރަން ހަވާލުކޮށްފައިވާ 17 އައިސްޕްލާންޓެއްގެ މަސައްކަތްވެސް ހުރީ ކުރިއަށް ނުގެންގޮސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް އަލުން އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 4 އައިސްޕްލާންޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު 5 އައިސްޕްލާންޓެއްގެ މަސައްކަތް އަންނަ އަހަރު ތެރޭ ފެށުމަށް ބިޑަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ދެ އަހަރުގެ ތެރޭ ސަރުކާރުން އަޅަން ކަނޑައަޅާފައިވާ ހުރި އައިސްޕްލާންޓްތަކެއްގެ މަސައްކަތް ނިންމާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement 1

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިކަމުގެ ވާހަކައަކީ އަބަދުވެސް މަސްވެރިން ފާހަގަ ކުރަމުން އަންނަ މައްސަލައެކެވެ. އަދި މި މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

16 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

32 ދުވަސް ކުރިން - 16:24

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

35 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

48 ދުވަސް ކުރިން - 17:27