Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށްރަށުގައި ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށްރަށުގައި ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރަނީ

އާނާ ފަހީމް
664 ދުވަސް ކުރިން - 10 ނޮވެންބަރު 2024 17:45
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ފޮޓޯ: ޕީއެސްއެމް
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށްރަށުގައި ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކޮށް މި ނިޒާމުގެ ދަށުން އަތޮޅު ހޮސްޕިޓަލްތައް މެދުވެރިކޮށް އައުޓްޕޭޝަންޓް ޚިދުމަތް ދޭން ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޑީއޭއިން ބުނެފި.

ރާއްޖޭގެ ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މި ނިޒާމުގެ ދަށުން ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓްޕޭޝަންޓް ޚިދުމަތް ދިނުމަށް ރޭވިފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ސިއްޙަތާއި ބެހޭ ވަޒީރާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާ ކަމަށާއި، ސިއްޙީ ވުޒާރާއިން މިކަމަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައިވާކަން ލުބްނާ ވިދާޅުވިއެވެ.

މި ޚިދުމަތް ފުރަތަމަ ފަށާނީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލްތައް މެދުވެރިކޮށް ކަމަށް ލުބްނާ ވިދާޅުވިއެވެ. އަދި ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ބޮޑެތި ހޮސްޕިޓަލްތަކުގައި މެޑިކޭޓަޑް އެސިސްޓަންޓް ޓްރީޓްމަންޓް ފަރުވާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ނިޒާމު ޤާއިމުކުރެވުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށްރަށުގައި ފަރުވާގެ ފުރުސަތު ޔަޤީންވާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.

ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމަށްވެސް އެންޑީއޭއިން ވަނީ ނިންމާފައެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ތިބެގެން ފަރުވާ ފޯރުކޮށްދޭ މީހުންވެސް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އެންމެ ފަހުން ނެޝަނަލް ޑްރަގް ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. ފުލުހުންގެ މަޢުލޫމާތު ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލަ އެބައޮތެވެ.

އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅެއެވެ. މި އަދަދަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ކަންބޮޑުވާންޖެހޭ އަދަދެކެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދީގެން ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެންޑީއޭ މުވައްޒަފަކު ހައްޔަރުކޮށްފި

އެންޑީއޭއަށް ފަރުވާއަށް ދިއުމުން ޑްރަގުދޭ މައްސަލައެއް

289 ދުވަސް ކުރިން - 15:12

ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

350 ދުވަސް ކުރިން - 08:18

178 މީހުން މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ރިމާންޑް ސެންޓަރުތަކުގައި ފަރުވާ ދޭން ފަށައިފި

178 މީހުންނަށް ރިމާންޑް ސެންޓަރުތަކުގައި ފަރުވާ ފަށައިފި

454 ދުވަސް ކުރިން - 15:19

ލ. ގަމުގައި އަޅާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ގަމުގައި އަޅާ ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި

466 ދުވަސް ކުރިން - 10:10

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީ ދެނީ

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީދެނީ

471 ދުވަސް ކުރިން - 21:57

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

473 ދުވަސް ކުރިން - 14:27