Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްރާންސް އާއި އިސްރާއީލުގެ މެޗަށް ފްރާންސް ސަރުކާރުން 4,000 ފުލުހުން ނެރެނީ

ފްރާންސް އާއި އިސްރާއީލުގެ މެޗަށް ފްރާންސް ސަރުކާރުން 4,000 ފުލުހުން ނެރެނީ

އުސްތާޛް މުޙައްމަދު ޢަލީ
622 ދުވަސް ކުރިން - 10 ނޮވެންބަރު 2024 17:03
ފުރާސްގެ ޤައުމީ ސްޓޭޑިއަމް ކައިރީގައި ފުލުހުން ފޯރިމަރަނީ
ފުރާސްގެ ޤައުމީ ސްޓޭޑިއަމް ކައިރީގައި ފުލުހުން ފޯރިމަރަނީ
ޚުލާސާ

ފުރާންސާއި އިސްރާއީލް ކުޅޭ މެޗަށް ޔަހޫދީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުރާންސުން 4,000 ފުލުހުން ނެރޭއިރު، އެހެން ޤައުމަކަށް މެޗު ބަދަލުކުރުމަށް ގޮވާލާ ގޮވުންތަކަށް ފުރާންސުން ބުނީ ނޫނެކޭ.

ޔޫއެފާ ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހު ފްރާންސް އާއި އިސްރާއީލާ ދެމެދު ކުޅޭ މެޗަށް އިސްރާއީލްގެ ޔަހުދީންގެ ސަލާމަތްކަން ޔަޤީންކުރުމަށް ފްރާންސް ސަރުކާރުން 4,000 ފުލުހުން ނެރޭނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. 

ގްރޫޕް އޭ2 ގެ ދެވަނައިގައިވާ ފްރާންސް އާއި އިސްރާއީލު ބައްދަލުކުރާ މި މެޗު ކުޅޭ ސްޓޭޑް ޑި ފްރާންސް އާއި އޭގެ ވަށައިގެންވާ ސަރަޙައްދުގައި 2,600 އަށްވުރެ ގިނަ ފުލުހުންނާއި ޖަންދާމުން ޑިއުޓީގައި ތިބޭނެ ކަމަށް ބެލެވެއެވެ. ޖަންދާމުންނަކީ ހަތިޔާރު އެޅި ސިފައިންނެވެ. މީގެ އިތުރުން ސިވިލް ހެދުމުގައި ތިބޭ ފުލުހުން ސްޓޭޑިއަމްގެ ގޮނޑިތަކުގައިވެސް ތިބޭނެ ކަމަށް ފުރާންސްގެ އިންޓީރިއަރ މިނިސްޓަރ ބުރޫނޯ ރެޓެއިލޯ ވިދާޅުވެއެވެ.

ޕެރިސްގެ އުތުރު ސަރަޙައްދު ސެއިންޓް-ޑެނިސްގައި ހުންނަ ސްޓޭޑް ޑި ފްރާންސް އަކީ 81,000 މީހުންގެ ޖާގަ އޮންނަ ފްރާންސްގެ އެންމެ ބޮޑު ސްޓޭޑިއަމެވެ.

Advertisement

Advertisement 1

ފްރާންސްގެ ރަޔަޓް ޕޮލިސް ކަމަށްވާ ސީއާރްއެސް (ރިޕަބްލިކަން ސެކިއުރިޓީ ކޯޕްސް) ވެސް ޕެރިސް ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލު ޓީމުގެ ރައްކާތެރިކަމަށްޓަކައި ޕެރިސް އާއި ސެއިންޓް-ޑެނިސް އަށް ޖުމުލަ 4,000 ފުލުހުން ނެރޭނެއެވެ. އަދި އިސްރާއީލު ޓީމު ތިބޭ ހޮޓަލުގައިވެސް ފުލުހުން ބަލަހައްޓާނެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ފީފާގެ އެންގުމަށް ފުރާސުން ވަނީ ވަރަށް ރަނގަޅަށް ސެކިއުރިޓީގެ އިންތިޒާމް ކަށަވަރު ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މެޗު ކުޅޭއިރު ދަނޑުގެ އެންމެ ކައިރީގައިވާ ގޮނޑިތައް ބަހައްޓާނީ ހުސްކޮށެވެ. މިއީ ދަނޑަށް މީހުން ވަދެ އިސްރާއީލްގެ ޔަހޫދީ އަކަށް ގޯނާވެދާނެތީ އެކަމުން ސަލާމަތްކުރުމަށް އަޅާ ފިޔަވަޅެކެވެ.

ފްރާންސް އާއި އިސްރާއީލުގެ މެޗު އެހެން ތަނަކަށް ބަދަލުކުރުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތަށް ގޮވާލާ ފަރާތްތަކަށް ރައްދު ދެމުން، ފްރާންސްގެ އިންޓީރިއަ މިނިސްޓަރ ވިދާޅުވީ، މެޗު ކުޅެންޖެހޭނީ ފުރާންސުގައި ކަމަށާއި ކުޅުތެރިންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ. އޭނާގެ އެދުމުގެ މަތިން ޕެރިސް ޕޮލިސް ޗީފް ލޯރަންޓް ނުނެޒް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.

މި މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭ ރާއްޖޭގެ ގަޑިން 12:45 ގައެވެ. މިމެޗުގައި އެމްބާޕޭ ނުކުޅޭއިރު އެންމެފަހުން ކުޅުނު 3 މެޗުވެސް ފުރާންސު ވަނީ މޮޅުވެފައެވެ. ފުރާންސް ބަލިވީ ހަމައެކަނި އިޓަލީ އަތުންނެވެ. ފުރާންސަށް ހަތަރު މެޗުން 9 ޕޮއިންޓު ލިބިފައިވާއިރު 4 މެޗުން އިސްރާއީލަށް ލިބިފައިވަނީ 0 ޕޮއިންޓެވެ.

އިސްރާއީލްފްރާންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51