Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަޙައްދެއް ކަނޑައަޅައިފި

ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަޙައްދެއް ކަނޑައަޅައިފި

އާނާ ފަހީމް
661 ދުވަސް ކުރިން - 9 ނޮވެންބަރު 2024 18:50
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގުނު ދެވަނަ ބޭސިކް މެރިކަލްޗަރ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގުނު ދެވަނަ ބޭސިކް މެރިކަލްޗަރ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޚުލާސާ

މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ 4 ސަރަޙައްދަކީ ބޮޑު ތިލަދުންމަތި، ރ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅު.

ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން 4 ސަރަޙައްދެއް ކަނޑައަޅުއްވައިފިއެވެ. މިކަން ހާމަކުރެއްވީ ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ނިންމުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ވަޒީރު ވިދާޅުވީ މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ 4 ސަރަޙައްދަކީ ބޮޑު ތިލަދުންމަތި، ރ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ. މީގެ އިތުރުން މަނިޔަފުށީގެ ކައިރީގައިވާ ފަޅެއްވެސް މިކަމަށް ކަނޑައަޅާފައިވެއެވެ.

މި ސަރަޙައްދުތަކުގައި މެރިކަލްޗަރގެ މަސައްކަތް ކުރުމަށް ބޭނުންވާ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއްކަން އިންވެސްޓަރުންނަށާއި ދިވެހިންނަށް ދައްކަން ޖެހޭނެކަމަށާއި، މިއީ އާމްދަނީ ލިބޭ ވަރުގަދަ ސިނާޢަތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

މި މަސައްކަތް ކުރުމަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވެއެވެ. އެގޮތުން ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ބިން ނެގުމަށް ފައިސާ ނުނަގާ ގޮތަށާއި، ފުރަތަމަ 3 އަހަރު ބިމު ކުލި ނުނެގުމަށް ނިންމާފައިވެއެވެ. އަދި މި މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ވޯލްޑް ބޭންކްގެ އެހީގައި މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުން ހިންގި ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗްގައި 16 ފަރާތަކުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތުގައި މަސައްކަތްކުރާނެ ދިވެހިން ތަމްރީނުކުރުމެވެ. މިހާތަނަށް މި ކޯހުގެދަށުން 26 ފަރާތެއް ވަނީ ތަމްރީނުކޮށްފައެވެ.

މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނައާއި ހުއިފިލަނޑާ އަދި ދިވެހި މާކަނޑުމަހާއި އިތާމުތް އާލާކުރުމާ ބެހޭ މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ، އެ ބަލިތަކުން ރައްކާތެރިވުމުގެ ގޮތްތަކާއި، މެރިކަލްޗަރ އާލާކުރުމުގައި ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތްތަކާ ބެހޭ މަޢުލޫމާތުވެސް ދީފައިވެއެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްމެރިކަލްޗަރ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

6 ގަޑިއިރު ކުރިން - 13:19

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

2 ދުވަސް ކުރިން - 20:10

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

19 ދުވަސް ކުރިން - 11:29

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

49 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

49 ދުވަސް ކުރިން - 11:05

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

99 ދުވަސް ކުރިން - 14:27