މާލޭ ސަރަޙައްދުގެ އޮޕަރޭޝަން ތިއޭޓަރުތައް 12 އަށް އިތުރުކުރެވޭނެ: ސީއީއޯ ހަލީލް

އާނާ ފަހީމް | 395 ދުވަސް ކުރިން - 9 ނޮވެންބަރު 2024 17:02
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ފޮޓޯ؛ ޕީއެސްއެމް
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ފޮޓޯ؛ ޕީއެސްއެމް
ޚުލާސާ

ހުޅުމާލެ ހޮސްޕިޓަލުގައި 4 އޮޕަރޭޝަން ތިއޭޓަރާއި، 14 އެނދުގެ އެންއައިސީޔޫއަކާއި، 10 އެނދުގެ އައިސީޔޫގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށް އަބްދުއްރަޒާގް ވިދާޅުވި

މާލޭ ސަރަޙައްދުގައި ހުރި އޮޕަރޭޝަން ތިއޭޓަރުތަކުގެ ޢަދަދު މި އަހަރު ނިމުމުގެ ކުރިން 12 އަށް އިތުރުކުރެވޭނެ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ، މިހާރު މާލެ ސަރަޙައްދުގައި ހުރި ސަރުކާރު ހޮސްޕިޓަލުތަކުގައި ސާޖަރީތައް ހެދުމަށް ހަތަރު އޮޕަރޭޝަން ތިއޭޓަރު ހުރިއިރު، މި އަހަރު ނިމުމުގެ ކުރިން ޖެނެރަލް އޮޕަރޭޝަން ތިއޭޓަރުތަކުގެ އަދަދު 12 އަށް އަރާނެ ކަމަށެވެ.

ޙަލީމް ވިދާޅުވިގޮތުގައި މި އިތުރުކުރެވޭ އޮޕަރޭޝަން ތިއޭޓަރުތަކަކީ ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ގާއިމުކުރެވޭ ތިއޭޓަރުތަކެކެވެ. "އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ ޕްރޮޖެކްޓްތައްވެސް ނިންމާ، އަޅުގަނޑުމެން ޚިދުމަތް ދޭނަން،" އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގައި 4 އޮޕަރޭޝަން ތިއޭޓަރާއި، 14 އެނދުގެ އެންއައިސީޔޫއަކާއި، 10 އެނދުގެ އައިސީޔޫގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށް އަބްދުއްރަޒާގް ވިދާޅުވިއެވެ. މި ޕްރޮޖެކްޓްތައް ނިމި ޚިދުމަތް ދޭން ފެށުމުން އައިޖީއެމްއެޗްއަށް އަންނަ ލޯޑްތައް ކުޑަވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%