Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހެލްތު އެކްސްޕޯ 2024 ނައިބު ރައީސް ހުޅުއްވައިދެއްވައިފި

ހެލްތު އެކްސްޕޯ 2024 ނައިބު ރައީސް ހުޅުއްވައިދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު
615 ދުވަސް ކުރިން - 8 ނޮވެންބަރު 2024 14:23
ހެލްތު އެކްސްޕޯ 2024 ނައިބު ރައީސް ހުޅުއްވައިދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހެލްތު އެކްސްޕޯ 2024 ނައިބު ރައީސް ހުޅުއްވައިދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި" މި ޝިޢާރުގެ ދަށުން ބޭއްވޭ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ދެއްކުމާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.

ހެލްތު އެކްސްޕޯ 2024 ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފް ހުޅުއްވާދެއްވައިފިއެވެ. "ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި" މި ޝިޢާރުގެ ދަށުން ބޭއްވޭ މި އެކްސްޕޯ މިރެއާއި ހަމަޔަށް ހުޅުވިފައި ހުންނާނެއެވެ. އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ދެއްކުމާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި އެކްސްޕޯ ކޮންމެ އަހަރަކުވެސް ބާއްވާނެ ކަމަށެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ ދުޅަހެޔޮ ސިއްޙަތަކަށް ހޭލުންތެރިކުރުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރަންޖެހޭ މުހިންމު ކަންތައްތައް އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްހަތާއިބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްޙީ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ދިމާލަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ވެގެންދާނީ ރާއްޖޭގެ ޞިއްޙަތުގެ މުޅިން އައު ބާބެއް ލިޔާނެ 5 އަހަރަށެވެ.

Advertisement

Advertisement 1

މި އެކްސްޕޯގައި 50 އަށްވުރެ ގިނަ ސްޓޯލް ހިމެނެއެވެ. މީގެ ތެރޭގައި ޞިއްޙީ ވުޒާރާގެ އިތުރުން ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ އެހެނިހެން ތަންތަނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުގެ ސްޓޯލްތައް ހިމެނެއެވެ. އެކްސްޕޯގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއްވެސް ކުރިއަށްގެންދާނެއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްޙީ ދާއިރާގެ ހަފްތާ 52 ގެ މަސައްކަތާއި ގުޅޭ ފޮތެއް ނައިބު ރައީސް ނެރުއްވައިދެއްވިއެވެ. އަދި ރަސްމިއްޔާތަށްފަހު ނައިބު ރައީސްވަނީ އެކްސްޕޯ ބައްލަވާލައްވާފައެވެ.

ހެލްތު މިނިސްޓްރީނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

100 ދުވަސް ކުރިން - 12:56

ފަރެސްމާތޮޑާ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާގެ 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

110 ދުވަސް ކުރިން - 22:15

މަޑަވެލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލީގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފި

110 ދުވަސް ކުރިން - 21:01

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

119 ދުވަސް ކުރިން - 22:18

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށަށް ފޮނުވަން ފަށައިފި

ބޭސް ކުންފުނިން ރަށްރަށަށް ބޭސް ފޮނުވަން ފަށައިފި

126 ދުވަސް ކުރިން - 12:05

މާޗު މަސް ނިމުމުގެ ކުރިން ރަށްރަށަށް ބޭނުންވާ 34 އެމްބިއުލާންސެއް ހަވާލުކުރާނަން: ނާޒިމް

ރަށްރަށަށް ބޭނުންވާ 34 އެމްބިއުލާންސެއް ހަވާލުކުރަނީ

133 ދުވަސް ކުރިން - 16:51