ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމުގެ ބިލާއި، ސައިބަރސެކިއުރިޓީ ބިލަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ. މިއީ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކުރުމަށާއި ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ދެ ބިލަށް ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ކުރިއަށްގެންދަނީ އެން.ސީ.އައި.ޓީ އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެންނެވެ. ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ މި ދެ ބިލުގެ މަޤްޞަދަކީ ޒާތީ މައުލޫމާތު ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ޑިޖިޓަލް ސިސްޓަމްތަކާއި ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ބައިވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ޚާއްޞަ ޓީމަކާއި އެން.ސީ.އައި.ޓީ އާއި އެން.ސީ.އެސް.އޭގެ ބޭފުޅުން ބައިވެރިވިއެވެ. މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.








