Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރާނަން: މިނިސްޓަރ ހައިދަރު

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރާނަން: މިނިސްޓަރ ހައިދަރު

މަރްޔަމް ޝަހުދާ
663 ދުވަސް ކުރިން - 6 ނޮވެންބަރު 2024 11:16
މިނިސްޓަރ ޑރ. އަލީ ހައިދަރު - މިނިސްޓަރ ޚައިދަރު ވިދާޅުވީ ޤާނޫނީ ބާރުވެރިކަން ގެނެސްދޭނެ ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ވަކި މާއްދާއެއް ވެސް އިތުރުކޮށް ޤާނޫނަށް އިޞްލާޙް ގެންނާނެ ކަމަށް. / ފޮޓޯ: ޚުލާސާ
މިނިސްޓަރ ޑރ. އަލީ ހައިދަރު - މިނިސްޓަރ ޚައިދަރު ވިދާޅުވީ ޤާނޫނީ ބާރުވެރިކަން ގެނެސްދޭނެ ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ވަކި މާއްދާއެއް ވެސް އިތުރުކޮށް ޤާނޫނަށް އިޞްލާޙް ގެންނާނެ ކަމަށް. / ފޮޓޯ: ޚުލާސާ
ޚުލާސާ

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ބާރުވެރިކުރުމަށް ބިލެއް ޑްރާފްޓްކޮށް، ތަންފީޒު ކުރުމަށް ފަސޭހަ ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ހައިދަރު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުން ރަސްމީގޮތުން ފެށުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން، ރާއްޖޭގެ އެކި އިދާރާތަކާއި އާންމުންގެ ޚިޔާލު ހިމެނޭހެން އެކުލަވާލައި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނެސްދިނުމުގެ މަޤްސަދުގައި ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓާރ ވިދާޅުވިއެވެ. އަދި މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށް ޤާނޫނު އަސާސީއަށް ވަކި މާއްދާއެއް އިތުރުކުރަން ނިންމަވާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރ ވިދާޅުވީ މި ޕޭން އަހަރެއްހާ ދުވަސްތެރޭ އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަދަކީ މި މަސައްކަތުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރުދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

153 ދުވަސް ކުރިން - 19:43

މި އަހަރުގެ ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

180 ދުވަސް ކުރިން - 14:03

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

180 ދުވަސް ކުރިން - 13:00

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ-އެޑިއުކޭޝަން މިނިސްޓްރީ

183 ދުވަސް ކުރިން - 14:00

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

223 ދުވަސް ކުރިން - 11:22

ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ މަޝްވަރާތައް މާލޭގައި ފަށައިފި

"ވިލުންތެރި ރާއްޖެ 2045" ހިޔާލުހޯދުން މާލޭގައި ފަށައިފި

312 ދުވަސް ކުރިން - 18:03