Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
659 ދުވަސް ކުރިން - 5 ނޮވެންބަރު 2024 22:44
މިނިސްޓަރ ޢަލީ އިޙްސާން. / ފޮޓޯ: ދާޚިލީ ވުޒާރާ
މިނިސްޓަރ ޢަލީ އިޙްސާން. / ފޮޓޯ: ދާޚިލީ ވުޒާރާ
ޚުލާސާ

ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމާއެކު، މާލެ ފިޔަވައި އަތޮޅުތެރޭގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށި ދެވަނަ ރަށަކަށް ކުޑަހުވަދޫ ވަނީ ވެފައި.

ދ. ކުޑަހުވަދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓް ކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމަށެވެ. އެގޮތުން، އައިޑީ ކާޑުގެ ޚިދުމަތް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ ގޮތަށް، ވީ އެންމެ އަވަހަކަށް އަދި އެންމެ އުނދަގޫ ކުޑަ ގޮތަކަށް އަތޮޅުތެރެއިން ލިބޭނެ މަގު ފަހިކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އިހުސާން އިތުރަށް ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނާ ގާތުން މަސައްކަތްކުރާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އަވަސް ސްޕީޑެއްގައި ކުރިއަށް ނުގެންދެވެނީ އެއީ ވަރަށް ބޮޑު ޚަރަދެއް ހިނގާ މަސައްކަތަކަށް ވާތީ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މި ޚިދުމަތް ތަޢާރަފްކުރަމުން ދަނީ ކައުންސިލްތަކުން އެދެމުންދާ ތަރުތީބުން ކަމަށްވެސް އިހުސާން ފާހަގަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށިފައިވަނީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. އަދި މި ޚިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ މިންވަރަކުން ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، މި ޚިދުމަތް ފެށުމަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން މި ޚިދުމަތް ފެށިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމާއެކު، މާލެ ފިޔަވައި އަތޮޅުތެރޭގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށި ދެވަނަ ރަށަކަށް ކުޑަހުވަދޫ ވެފައިވާކަމެވެ. އަތޮޅުތެރޭގައި މި ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

މިނިސްޓަރ އާދަމް ޝަރީފްމިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

2 ދުވަސް ކުރިން - 13:11

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

15 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

34 ދުވަސް ކުރިން - 09:28

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

58 ދުވަސް ކުރިން - 09:03

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

77 ދުވަސް ކުރިން - 11:09

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

85 ދުވަސް ކުރިން - 07:07