ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އައު މެންބަރުން ހޮވައިފިއެވެ.
މިގޮތުން ހޮވުނު މެންބަރުންނަކީ މަރްޔަމް ނައީމް، ހައްވާ އަލީދީދީ އަދި ޒާހިރާ އިބުރާހިމްއެވެ.
މި ކޮމިޓީއަށް ހޮވުނު މެންބަރުންނަށް ކޮންގްރެސް ޕާޓީގެ ރައީސް އަދި ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށު ފެންވަރުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރާ މުހިންމު ކޮމިޓީތަކެކެވެ. މި ކޮމިޓީތަކުން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރެއެވެ.









