Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކްސީ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ގޮތަށް: ވަޒީރު އަމީން

ޓެކްސީ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ގޮތަށް: ވަޒީރު އަމީން

އާނާ ފަހީމް
623 ދުވަސް ކުރިން - 5 ނޮވެންބަރު 2024 21:43
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވާހަކަފުޅުދައްކަވަނީ
ޚުލާސާ

ޓެކްސީ ޚިދުމަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މިކަމުގައި ޑްރައިވަރުންގެ ޢާމްދަނީއަށް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ދެއްވައިފި.

މާލެ އާއި ހުޅުމާލެއާ ދެމެދު ޓެކްސީގެ ޚިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށް ޓްރާންސްޕޯޓް ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން އަދި ވަކި ޓެކްސީ ލައިނެއް އުފެއްދުމަށް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް، ޓެކްސީގެ ޚިދުމަތުގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ބޭނުންވާ ގަޑިތަކުގައި ޓެކްސީ ނުލިބުމާއި މާލޭގެ ވަކި ސަރަޙައްދުތަކަށް ޓެކްސީ ދަތުރުތައް ނުލިބުމަކީ މިހާރު ދިމާވެފައިވާ މައްސަލަތަކެވެ. މި މައްސަލަތައް ޙައްލުކުރުމަށް ދެތިންހަތަރު ގޮތަކަށް މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލުކޮށް، ޑްރައިވަރުންނަށް ގެއްލުމެއް ވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ޓެކްސީ ކުރުމަކީ ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށާއި، ޑްރައިވަރުންގެ ޢާމްދަނީއަށް ގެއްލުން ނުވާނެ ގޮތަށް މި ނިޒާމު ބައްޓަންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަގުތަކަށް ބަދަލު ނުގެނެސް ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ އާބާދީއާއި އަޅާބަލާއިރު މިހާރު ހުރި ވަޞީލަތްތައް އެކަށީގެންނުވާ ކަމަށާއި، އެހެންކަމުން ޚިދުމަތުގެ ފްލީޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ޓެކްސީ ކުރާ ބޭފުޅުންނަށް އެއްވެސް ލޮޅުމެއް ނާންނާނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި މައްސަލަ ސިޔާސީކުރާ ކަމާއިމެދު ވަޒީރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލި "މާލެ ފެހި" ޕްރޮގްރާމްގައި ސަރުކާރުން ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް "ޓެކްސީ ލައިނެއް" ހެދުމަށް ހިމެނުމާއި ގުޅިގެން، މިދިޔަ ޖުލައި މަހު ޑްރައިވަރުންގެ ޖަމްޢިއްޔާއިން ވަނީ އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ވަޒީރު އަމީން ވިދާޅުވެފައިވަނީ، މި ދާއިރާގެ ތެރެއަށް ސަރުކާރުން ވަދެ، އުޞޫލުތަކާއި ޤާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމިނިސްޓަރ މުހައްމަދު އަމީންޓެކްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ދުވަސް ކުރިން - 13:55

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

83 ދުވަސް ކުރިން - 14:30

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

88 ދުވަސް ކުރިން - 23:35

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

ޓެކްސީލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގުނަގަން ފަށައިފި

95 ދުވަސް ކުރިން - 10:50

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

99 ދުވަސް ކުރިން - 19:25

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

111 ދުވަސް ކުރިން - 22:14