Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ކުންފުނިތަކުގެ ބަޖެޓު ޕީސީބީ އާއި ފިނޭންސުން ރިވިއުކުރާ ގޮތަށް އާ އުޞޫލެއް

ސަރުކާރު ކުންފުނިތަކުގެ ބަޖެޓު ޕީސީބީ އާއި ފިނޭންސުން ރިވިއުކުރާ ގޮތަށް އާ އުޞޫލެއް

އާނާ ފަހީމް
673 ދުވަސް ކުރިން - 5 ނޮވެންބަރު 2024 21:34
ޕީސީބީގެ ރައީސް ހަމްދީ އަގީލް
ޕީސީބީގެ ރައީސް ހަމްދީ އަގީލް
ޚުލާސާ

ސަރުކާރު ކުންފުނިތަކުގެ ބަޖެޓު ރިވިއުކުރުމަށް އާ އުޞޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން (ޕީސީބީ) އިއުލާނުކޮށްފި. މި އުސޫލުގެ ދަށުން ކުންފުނިތަކުން އަހަރަކު ދެފަހަރު ބަޖެޓު ރިވިއުކުރަން ހުށަހަޅަންޖެހޭނެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާނުކުރި އާ އުޞޫލެއްގެ ދަށުން، ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓު ރިވިއުކުރުމަށް އާ ނިޒާމެއް ތައާރަފުކޮށްފިއެވެ.

"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި އެކުލަވާލާފައިވާ މި އުޞޫލުގެ މަޤްޞަދަކީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބަޖެޓު އެއްހަމައަކުން ދިރާސާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމެވެ.

މި އުސޫލުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައި މަހު ބަޖެޓު ރިވިއުކުރަން ޕީސީބީއަށް ފޮނުވަންޖެހޭނެއެވެ. ރިވިއުއަށް ފޮނުވާ ބަޖެޓު ރިޕޯޓުގައި ބަޖެޓު ވޭރިއަންސަސް ފެންނަން ހުންނަންވާނެއެވެ. އަދި ބަޖެޓު ވޭރިއަންސް 2% އަށްވުރެ ބޮޑުނަމަ، އެކަމާއި ގުޅޭ ތަފްޞީލީ ސަބަބުތައް ރިޕޯޓުގައި ހިމަނަންޖެހޭނެއެވެ.

Advertisement

Advertisement 1

ޕީސީބީގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި، އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާތީ، އާ އުޞޫލުގެ ދަށުން ބަޖެޓު އެކުލަވައިލަންޖެހޭނީ 2026 ވަނަ އަހަރަށެވެ. ނަމަވެސް މިއަދުން ފެށިގެން އުޞޫލުގައިވާ ގޮތުގެ މަތިން ބަޖެޓު ހާމަކުރުމާއި، ބަޖެޓު ރިވިއުއަށް ފޮނުވުމާއި، ބަޖެޓަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނެއެވެ.

މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުން ފާސްކޮށްފައިވާ ކުންފުނީގެ ބަޖެޓު ޢާންމުކޮށް ޝާއިއުކުރެވިދާނެ ކަމަށްވެސް އާ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ބަޖެޓްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

8 ދުވަސް ކުރިން - 16:35

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

22 ދުވަސް ކުރިން - 10:56

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

38 ދުވަސް ކުރިން - 16:07

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސް މުހައްމަދަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސްއަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

42 ދުވަސް ކުރިން - 09:39

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

48 ދުވަސް ކުރިން - 16:25