Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤުރުއާން ބާވާލައްވާފައިވަނީ ޝާއިރުންނާއި ޅެންވެރިންވެސް ހައިރާން ވާހާ ފުރިހަމައަށް: އާދަމް ޝަރީފު ޢުމަރު

ޤުރުއާން ބާވާލައްވާފައިވަނީ ޝާއިރުންނާއި ޅެންވެރިންވެސް ހައިރާން ވާހާ ފުރިހަމައަށް: އާދަމް ޝަރީފު ޢުމަރު

އަައިޝަތު ޒީނާ
626 ދުވަސް ކުރިން - 4 ނޮވެންބަރު 2024 19:12
ތިލަދެކުނު ޤުރުއާން މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ.
ތިލަދެކުނު ޤުރުއާން މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ.
ޚުލާސާ

ވަޒީރު ވިދާޅުވީ ރީތިކޮށް ޤުއާން ކިޔަވާ އަޑު އެހުމަކީ ހިތަށް ލިބޭ ފިނިކަމެއް ކަމަށާއި މި ފަނާވަނިވި ދުނިޔޭގައި ކުރާ ކޮންމެ ތަޖުރިބާއަކުން ސަލާމަތްވުމުގެ ހުރިހައި ޝިފާއެއް ލައްވާފައި ވަނީ ކީރިތި ޤުރުއާނުގައި ކަމަށް.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ހިސާބަށް ކީރިތި ޤުރުއާން ބާވާލައްވަވާފައިވަނީ ޝާޢިރުން ނުވަތަ ޅެންވެރިން ވެސް ޙައިރާންވާހާ ފުރިހަމައަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅު ހަނިމާދޫގައި ބޭއްވި ތިލަދެކުނު ޤުރުއާން މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ކީރިތި ޤުރުއާނާ ބެހޭ ގޮތުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އަޅުގަނޑުމެން މުސްލިމަކަށް ވީތީ އަޅުގަނޑުމެން އެންމެ ދޯޅަ، އަޅުގަނޑުމެން އެންމެ ގާތްވާންޖެހޭ ފޮތަކީ ކީރިތި ޤުރުއާން ކަމަށެވެ. އަދި މުޅި އިސްލާމީ އުންމަތަށާއި، މި އުންމަތުގެ އެންމެންނަށް އެންމެ ތަޖުރިބާ ހުރި އެންމެ ޢިލްމީ އަދި މިހާތަނަށް ސައެންސްގެ އަލީގައި ވެސް އާ ކަމެއް ނުހޯދޭ، އެ ހުރިހައި ކަމެއް ހިމެނިފައިވާ ފޮތަކީ ވެސް ކީރިތި ޤުރުއާން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު ވިދާޅުވީ ރީތިކޮށް ޤުއާން ކިޔަވާ އަޑު އެހުމަކީ ވެސް އަޅުގަނޑުމެންގެ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި މި ފަނާވަނިވި ދުނިޔޭގައި ކުރާ ކޮންމެ ތަޖުރިބާއަކާއި، ލިބޭ ކޮންމެ ވޭނަކުން ސަލާމަތްވުމުގެ ހުރިހައި ޝިފާއެއް ލައްވާފައި ވަނީ ކީރިތި ޤުރުއާނުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ފަޚުރުވެރި ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. މުޅި މުބާރާތުން 3 ވަނަ ދަރިވަރަކަށް ހޮވުނީ ޢަފީފުއްދީން ސުކޫލްގެ މުޙައްމަދު ލަސަން ފަޟީލެވެ. މުޅި މުބާރާތުން 2 ވަނަ ޙާޞިލްކުރީ މަކުނުދޫ ސުކޫލްގެ ނާޔާ ބިންތު އަޒްހަރު ޢަބްދުލްޢަލީމެވެ. އަދި މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ ޙާޞިލްކުރީ ޖަލާލުއްދީން ސުކޫލްގެ އިބްރާހީމް މަލްސޫން މުޙައްމަދެވެ.

މުޅި މުބާރާތުން 3 ވަނަ ސުކޫލަކީ ޖަލާލުއްދީން ސުކޫލެވެ. މުޅި މުބާރާތުން 2 ވަނަ ސުކޫލަކީ ނޮޅިވަރަމް ސުކޫލެވެ. އަދި މުޅި މުބާރާތުން 1 ވަނަ ސުކޫލަކީ މަކުނުދޫ ސުކޫލެވެ.

މިނިސްޓަރ އާދަމް ޝަރީފްސިޓީސް މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

71 ދުވަސް ކުރިން - 12:11

ކުރިއަށް ދާނީ ރައީސް މުއިއްޒުއާ އެކު، ޕީއެންސީގެ ހަރަކާތްތަކުން ފެންނާނެ: އާދަމް ޝަރީފް

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

96 ދުވަސް ކުރިން - 18:27

އައްޑޫ ސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

106 ދުވަސް ކުރިން - 21:22

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

106 ދުވަސް ކުރިން - 21:19

ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

109 ދުވަސް ކުރިން - 14:04

އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ: މިނިސްޓަރ އާދަމް ޝަރީފް

"އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ"

140 ދުވަސް ކުރިން - 16:19