Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު: ރާއްޖޭގެ ކާބޯތަކެތީގެ އަމިއްލަވަންތަކަމަށް އައު އުންމީދެއް

އައިޝަތު ރުވާ ރިފްޢަތު
710 ދުވަސް ކުރިން - 4 ނޮވެންބަރު 2024 18:25
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ
ޚުލާސާ

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އިމްޕޯޓް ވީހާވެސް މަދުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރުމާއި، އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ މަގުފަހިކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވި.

ރާއްޖޭގެ ކާބޯތަކެތީގެ އަމިއްލަވަންތަކަން އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރަޙައްދުގައި ހައްދާނެ ތަކެތި ކަނޑައަޅާ، އެތަކެތި ހައްދައިގެން އިމްޕޯޓު މަދުކުރެވޭނެ ނިސްބަތްވެސް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"އެތަނުގައި ހައްދާ ތަކެތީގެ ތެރޭގައި އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ ފިޔާ، ލޮނުމެދު، އަލުވި، އަދި ތަރުކާރީއާއި މޭވާ ހައްދާނެ. އަންދާޒާކުރާ ގޮތުގައި 100 އިންސައްތަ ބޭރުން އިމްޕޯޓް ނުކުރެވޭ ވަރަށް އެތަނުގައި ތަކެތި ހައްދާނެ." ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އިމްޕޯޓް ވީހާވެސް މަދުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރުމާއި، އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ މަގު ފަހިކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މި މަޝްރޫޢާއެކު، ރާއްޖޭގައި ދަނޑުވެރިކަމުގައި ހައްދާ ތަކެތި ޓެސްޓުކުރުމަށް ޤައުމީ ލެބޯޓްރީއެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

283 ދުވަސް ކުރިން - 23:35

އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

284 ދުވަސް ކުރިން - 10:37

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް

378 ދުވަސް ކުރިން - 19:02

ބަލި ކޮތަރުތައް އާންމުވެ، ތަޙުޤީޤު ފަށައިފި

ބަލި ކޮތަރުތައް އާންމުވެ، ތަޙުޤީޤު ފަށައިފި

602 ދުވަސް ކުރިން - 21:26

ޒުވާނުން ދަނޑުވެރިކަމަށް ބާރުވެރިކުރުވާނަން: ވަޒީރު މާރިޔާ

ޒުވާނުން ދަނޑުވެރިކަމަށް ބާރުވެރިކުރުވާނަން: ވަޒީރު މާރިޔާ

603 ދުވަސް ކުރިން - 17:15

ވަޒީރު މާރިޔާ ތޮއްޑޫ ދަނޑުވެރިންނާ ބައްދަލުކުރައްވައިފި

ވަޒީރު މާރިޔާ ތޮއްޑޫ ދަނޑުވެރިންނާ ބައްދަލުކުރައްވައިފި

605 ދުވަސް ކުރިން - 13:04