Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ މާސްޓަރޕްލޭން އިޢުލާނުކުރުމުގެ ހަފްލާއަށް ދެލައްކަ ރުފިޔާއަށްވުރެ ކުޑަ ޚަރަދެއް: ރައީސް އޮފީސް

ރައީސްގެ މާސްޓަރޕްލޭން އިޢުލާނުކުރުމުގެ ހަފްލާއަށް ދެލައްކަ ރުފިޔާއަށްވުރެ ކުޑަ ޚަރަދެއް: ރައީސް އޮފީސް

އުސްތާޛް މުޙައްމަދު ޢަލީ
628 ދުވަސް ކުރިން - 31 އޮކްޓޫބަރު 2024 18:12
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ މާސްޓަޕްލޭން އިޢުލާން ކުރުމަށް އޮންނަ ރަސްމިއްޔާތަށް ޚަރަދުވާނީ ދެލައްކަ ރުފިޔާއަށްވުރެ ކުޑަ ބަޖެޓެއް ކަމުގެ ޔަޤީންކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާވަލީދު ވަނީ ދެއްވާފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާސްޓަރޕްލޭން އިޢުލާނުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޙަފްލާއަކީ އަގުބޮޑު ޙަފްލާއެއް ކަމަށް ދުވަހު ނޫހަކުން ކުރި ރިޕޯޓަކާއި ގުޅިގެން ރައީސް އޮފީހުން ވަނީ އެ މަޢުލޫމާތު ދޮގުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވި ގޮތުގައި މި ޙަފްލާއަކީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއަށްވުރެ ކުޑަ ބަޖެޓަކުން، މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގުމަށް ރޭވިފައިވާ ޙަރަކާތެކެވެ.

"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުން ވަނީ މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައި," ހީނާ ވިދާޅުވިއެވެ. "މިނިވަން ނޫސްވެރިކަމުގެ ނަމުގައި މި ޤައުމުގައި ދޮގު މަޢުލޫމާތު ފަތުރައި، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން." ތަރުޖަމާނުގެ އެކްސްގައި ވެއެވެ.

Advertisement

Advertisement 1

ސަރުކާރުގެ މުހިންމު މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މިފަދަ ހަރަކާތްތައް ވީހާވެސް ޚަރަދު ކުޑަކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރެއެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިން އަބަދުވެސް ޒިންމާދާރު ގޮތެއްގައި މަޢުލޫމާތު ގެނެސްދިނުމަށް އިލްތިމާސްކޮށްފައެވެ.

ރޭ ބޭއްވި އެވޯޑް ދިނުމުގެ ޙަފްލާގައި ނައިބު ރައީސް ވެސް ވަނީ ނޫސްވެރިން ދޮގު ޚަބަރު ނުފެތުރުމަށް އިލްތިމާސް ކުރައްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރު ހީނާ ވަލީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

7 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ދުވަސް ކުރިން - 11:20