Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ސަރަޙައްދު ބަދަލުވުމުން ޢަމަލުކުރާނެ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް ސަރުކާރުން ނިންމައިފި

ރާއްޖޭގެ ސަރަޙައްދު ބަދަލުވުމުން ޢަމަލުކުރާނެ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް ސަރުކާރުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
588 ދުވަސް ކުރިން - 30 އޮކްޓޫބަރު 2024 22:29
ބަންޑާރަނައިބު އަހުމަދު އުޝާމް / ފޮޓޯ: ރައީސް އޮފީސް
ބަންޑާރަނައިބު އަހުމަދު އުޝާމް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޤާނޫނެއްގައި ރާއްޖޭގެ ސަރަޙައްދުގެ ވާހަކަ ލިޔެފައި އޮންނާތީ، އެފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް ސަރުކާރުން ބޭނުންވާ ކަމަށް ބަންޑާރަނައިބު ވިދާޅުވި.

ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނަ ޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް މަޖިލީހަށް އިޞްލާޙެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް އަންނަނަމަ އަމަލުކުރަން ޖެހޭ ގޮތް މީގެކުރިން ޤާނޫނު އަސާސީގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި މިކަން ޤާނޫނު އަސާސީގައި ހިމެނުމަށްޓަކައި އިޞްލާޙެއް ހުށަހަޅާނެ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

"ހަމައެއާއެކީގައި އަޅުގަނޑުމެން ޤާނޫނު އަސާސީއަށް ހުށަހަޅަން ބޭނުންވާ އިޞްލާޙެއް ރާއްޖޭގެ ސަރަހައްދު ޤާނޫނު އަސާސީގައި ވަރަށް ރަނގަޅަށް ޑިފައިންކޮށްފަ ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނަ ކަމަށް ވަނީ ނަމަ މިކަމުގައި ޢަމަލުކުރަން ޖެހޭނެ ގޮތްތަކެއް." އުޝާމް ވިދާޅުވިއެވެ.

Advertisement

Advertisement 1

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ޤާނޫނެއްގައި ރާއްޖޭގެ ސަރަޙައްދުގެ ވާހަކަ ލިޔެފައި އޮންނާތީ، އެފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އަމަލުކުރާނެ ގޮތް ޤާނޫނު އަސާސީގައި ހިމެނުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ރާއްޖޭގެ ސަރަޙައްދުގެ ވާހަކަ ބަޔާންކޮށްފައިވީ ނަމަވެސް، ސަރަހައްދަށް ބަދަލެއް އަންނަ ޙާލަތެއްގައި ޢަމަލުކުރަން ޖެހޭ ގޮތެއް ޤާނޫނުގައި އަދި ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައި ނުވާކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ މައްސަލަ މީގެކުރިން ވެސް ދިމާވެފައިވާކަންބވެސް ބަންޑާރަނައިބު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ސަރުކާރުން ޤާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާޙުތައް މަޖިލީހަށް ހުށަހަޅަމުންދާ ކަމަށާއި މިހާތަނަށް 40 އިޞްލާޙެއް މަޖިލީހަށް ހުށަހެޅި ބައެއް އިސްލާޙުތައް ފާސްކުރެވިފައިވާ ކަމަށްވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

"އިންތިހާބު އެއްކޮށް ބޭއްވައިގެން ދުސްތޫރީ ނިޒާމަށް ބަދަލެއްނާދޭ"

85 ދުވަސް ކުރިން - 14:39

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

"އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދުކުޑަކުރުމަށް"

88 ދުވަސް ކުރިން - 16:06

ކުރީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި: ބަންޑާރަ ނައިބު

ކުރީ ސަރުކާރުން މިލިއަނުން ބަދަލުގެ ގޮތުގައި ދޫކުރި!

239 ދުވަސް ކުރިން - 15:44

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

239 ދުވަސް ކުރިން - 13:20

މީޑިއާ ބިލަށް ސަރުކާރުން ލަފާ ދިނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅާ މާއްދާވެސް އުނިކުރަން

ނޫސްވެރިންނަށް ފިޔަވަޅުއަޅާ މާއްދާވެސް އުނިކުރަން ސަރުކާރުން ލަފާދީފި

273 ދުވަސް ކުރިން - 20:24

މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން: ބަންޑާރަނައިބު

"މީޑިއާ ބިލު ބޭރުކުރަން ޖެހޭކަމަށް ގަބޫލެއްނުކުރަން"

286 ދުވަސް ކުރިން - 19:32