Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް 2 ހަފްތާތެރޭ ނިންމާނެ: ބަންޑާރަނައިބު

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް 2 ހަފްތާތެރޭ ނިންމާނެ: ބަންޑާރަނައިބު

އައިޝަތު ރުވާ ރިފްޢަތު
588 ދުވަސް ކުރިން - 30 އޮކްޓޫބަރު 2024 21:17
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް / ފޮޓޯ: ރައީސް އޮފީސް
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް މިހާރު ލިބިފައިވާ ކަމަށާއި، ރިޕޯޓުގެ މަސައްކަތް ނިންމުމަށް ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ބަންޑާރަނައިބު ވިދާޅުވި.

ވޭތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް ރެކޯޑުކުރުމުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅޭ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް މިހާރު ލިބިފައިވާ ކަމަށާއި، ރިޕޯޓުގެ މަސައްކަތް ނިންމުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ލިބުމުން، އޭގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ދެން ކުރިއަށްދާނެ ގޮތެއް ނިންމާނީ," ބަންޑާރަނައިބު ވިދާޅުވިއެވެ.

Advertisement

Advertisement 1

ކުރީގެ ސަރުކާރުގެ ދައުރުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއީ މުޅިން ޤާނޫނާ ޚިލާފު ކަމެއްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ޞްލާޙުތައް ގެނެވޭނެ."" ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

އެގޮތުން، މި މައްސަލައިގައި ދެން އަޅާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމާނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

ރައީސް އޮފީސްބަންޑާރަ ނައިބު އަހުމަދު އުޝާމު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

"އިންތިހާބު އެއްކޮށް ބޭއްވައިގެން ދުސްތޫރީ ނިޒާމަށް ބަދަލެއްނާދޭ"

85 ދުވަސް ކުރިން - 14:39

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

"އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދުކުޑަކުރުމަށް"

88 ދުވަސް ކުރިން - 16:06

ކުރީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި: ބަންޑާރަ ނައިބު

ކުރީ ސަރުކާރުން މިލިއަނުން ބަދަލުގެ ގޮތުގައި ދޫކުރި!

239 ދުވަސް ކުރިން - 15:44

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

239 ދުވަސް ކުރިން - 13:20

މީޑިއާ ބިލަށް ސަރުކާރުން ލަފާ ދިނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅާ މާއްދާވެސް އުނިކުރަން

ނޫސްވެރިންނަށް ފިޔަވަޅުއަޅާ މާއްދާވެސް އުނިކުރަން ސަރުކާރުން ލަފާދީފި

273 ދުވަސް ކުރިން - 20:24

މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން: ބަންޑާރަނައިބު

"މީޑިއާ ބިލު ބޭރުކުރަން ޖެހޭކަމަށް ގަބޫލެއްނުކުރަން"

286 ދުވަސް ކުރިން - 19:32