Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުވުމަށް "ޖޫރިމަނާ" އިޞްލާޙަށް މަރުޙަބާ ކިޔަންޖެހޭ

ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުވުމަށް "ޖޫރިމަނާ" އިޞްލާޙަށް މަރުޙަބާ ކިޔަންޖެހޭ

އުސްތާޛް މުޙައްމަދު ޢަލީ
589 ދުވަސް ކުރިން - 30 އޮކްޓޫބަރު 2024 14:39
ސިޔާސީ ފަރާރްތައް އަޑީގައި ތިބެގެން ބިދޭސީން ލައްވައި ދިވެހިރާއްޖެ ހަލަބޮލި ކޮށްލުމަށް ތިނަދޫގައި ބޭއްވި މުޒާހަރާއާއިގުޅޭ - ފޮޓޯ: ސޯޝަލް މީޑިއާ
ސިޔާސީ ފަރާރްތައް އަޑީގައި ތިބެގެން ބިދޭސީން ލައްވައި ދިވެހިރާއްޖެ ހަލަބޮލި ކޮށްލުމަށް ތިނަދޫގައި ބޭއްވި މުޒާހަރާއާއިގުޅޭ - ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ސިޔާސީޕާޓީތަކުން ކުރާ ނޭއްގާނީ ކަންތަކުގެ ސަބަބުން ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފި. މި އިޞްލާޙުގައި 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ. ޤައުމު ހަލަބޮލި ކުރުމުގެ ބަދަލުގައި އެފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި ޖޫރިމަނާގެ އުޞޫލަށް ތާއީދުކުރެވޭ.

ސިޔާސީ ޕާޓީތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ޤާނޫނާއި ޚިލާފުވާ ޙާލަތްތައް މަދުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙަކީ މަރުޙަބާ ކިޔަންޖެހޭ ފިޔަވަޅެއް ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ދެކެއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅާފައިވާ މި އިޞްލާޙުގައި، ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ކުރެވޭ ޖޫރިމަނާގެ އަދަދު ބޮޑުކުރުމާއި، އެ ފަރާތް ނިސްބަތްވާ ޕާޓީއަށްވެސް ޖޫރިޖޫރިމަނާ ކުރެވޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

"މި އިޞްލާޙަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ޤާނޫނީ އިމުގެ ތެރެއިން ޙަރަކާތްތެރިވުމަށް ބާރުއަޅާ ފިޔަވަޅެއް. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސިޔާސީ ކަންކަމުގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު ނަސީމް ވިދާޅުވިއެވެ.

Advertisement

Advertisement 1

ސިޔާސީ ޕާޓީތައް އަޑީގައި ތިބެގެން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މަސްވެރިން ލައްވައި މުޒާހަރާކޮށް، މިފްކޯގެ އައްޑޫ ޕްރޮޕަޓީތަކަށް ގެއްލުންދީ އޮޕަރޭޝަންސްތައް ހުއްޓުވާލި - ސިޔާސީ ޕާޓީތަކުން ޤައުމު ހަލަބޮލިކޮށް ގަސްދުގައި ގެއްލުންދިނުމުގެ ގޮތުން ކުރާ ކަންތަކާއިމެދު، އެޕާޓީތައް ހަރުދަނާ ކުރުމަށްޓަކައި ފިޔަވަޅު އެޅެންވާނެ! ބޮޑު ތަނުން ޖޫރިމަނާ ކުރުމަކީ މުހިންމު ކަމެއް! / ފޮޓޯ: ސޯޝަލް މީޑިއާ

މި އިޞްލާޙުގައި ހިމެނޭ އަނެއް މުހިންމު ބަދަލަކީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ ޢަދަދު ކަނޑައެޅުމުގައި ގެންނަ ބަދަލެވެ. މިހާރު ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އާއި 0.2 އާ ދެމެދުގެ އިންސައްތައެއް ޕާޓީތަކަށް ދޫކުރެވޭނެއެވެ.

"މި ބަދަލަކީ ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ އިތުރަށް ހަރުދަނާކޮށް، އެ ފައިސާ ބޭނުންކުރެވޭ ގޮތް ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅެއް. މިއީ ޕާޓީތަކުގެ މާލީ ހާލަތު ރަނގަޅުކޮށް، އިތުރު ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް،" ނަސީމް އިތުރަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ލަޠީފުގެ ހުށަހެޅުމުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރިން ޕާޓީ ޖުރިމަނާ ކުރާ ގޮތަށް ޤާނޫނުގައި ކަނޑައަޅާފައި ނެތް އިރު، މިހާރު މިގެންނަ ބަދަލާއެކު އެ ޢަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ހުށަހެޅުމުގައިވެއެވެ.

މި އިޞްލާޙް ފާސްވެއްޖެނަމަ، ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް އިތުރަށް ހަރުދަނާވެ، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބޭއިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން މާނަކުރަނީ މިއީ އެފަރާތްތަކަށް ކުރާ ޖެއްސުމެއް ކަމަށެވެ.

ސިޔާސީ ޕާޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގާނޫނާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގުން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ގަރާރެއް

37 ދުވަސް ކުރިން - 12:59

ހިޔާލު ފާޅުކުރުމުގައި އާންމު މަސްލަހަތު އިސްކޮށް ސުލްހަވެރިކަމާއެކު ކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

51 ދުވަސް ކުރިން - 23:42

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަންކޮށްފި

ޕީއެންސީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަންކޮށްފި

52 ދުވަސް ކުރިން - 11:57

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ޒަމާނާގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެނައުމަށް: އިކްރާމް

ޒަމާނާގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެންނަންޖެހޭ: އިކްރާމް

151 ދުވަސް ކުރިން - 16:56

އެތެރޭގެ ގަޑުބަޑުތަކާހެދި ލަސްކުރި އެމްޑީޕީގެ ހަރަކާތް ހުކުރުދުވަހަށް ފައިނަލްކޮށްފި

އެތެރޭގެ ގަޑުބަޑުތަކާހެދި ލަސްކުރި އެމްޑީޕީގެ ހަރަކާތް ހުކުރުދުވަހު

317 ދުވަސް ކުރިން - 14:36

ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ސިޔާސީ ޕާޓީ ޤާނޫނުގެ އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފި

570 ދުވަސް ކުރިން - 17:09