Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގާނޫނާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގުން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ގާނޫނާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގުން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

މުހައްމަދު ޖަމްޝަތު
116 ދުވަސް ކުރިން - 5 މެއި 2026 12:59
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާ--- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާ--- ފޮޓޯ: މަޖިލިސް
ޚުލާސާ

ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުކަމެއް ކަމަށް އީސީން ވަނީ ބުނެފަ

ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ، ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު މެންބަރުން ދެކެވަޑައިގަންަނަވާ ގޮތެއް ބެލުމަށް ހުށަހަޅުއްވާފަ އެވެ.

މި ގަރާރަށް ވާހަކަދައްކަވަމުން މެންބަރު ސައްތާރު ތުހުމަތު ކުރައްވާ ގޮތުގައި، ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ދަނީ ގެއްލެމުންނެވެ. ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޕާޓީތައް ހިންގުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވީ ނަމަވެސް، އަނެކުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

Advertisement

Advertisement 1

މި ގަރާރު މަޖިލިހަށް ހުށަހެޅިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކޮންމެ ރެއަކު އިހުތިޖާޖު ކުރަމުންދާ މައްސަލަ ވަނީ ފާހަގަވެފަ އެވެ. އަދި އެ ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހައިގައި ޖަލްސާތައް ބާއްވާ ވަގުތުތަކުގައި ޕީއެންއެފްގެ ސަޕޯޓަރުން އެއްވެ އަޑުގަދަކޮށް، ހުރަސްއަޅާ ކަމުގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) ރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ ޕީއެންއެފުން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ބުނެފަ އެވެ. އަދި އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކޮމިޝަނުން ވަނީ ދީފަ އެވެ.

އީސީގެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެކެވެ. ހާއްސަކޮށް އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެހެން ޕާޓީއަކުން ހުރަސްއެޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް އީސީން ފާހަގަކުރެ އެވެ.

މަޖިލީހަށް ހުށަހެޅި މި ގަރާރުގައި، ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފަ އެވެ.

ސިޔާސީސިޔާސީ ޕާޓީރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

15 ގަޑިއިރު ކުރިން - 08:31

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36