Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ޒަމާނާގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެނައުމަށް: އިކްރާމް

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ޒަމާނާގުޅޭގޮތަށް ޕާޓީއަށް ބޮޑު ރިފޯމެއް ގެނައުމަށް: އިކްރާމް

އައިޝަތު ރުވާ ރިފްޢަތު
151 ދުވަސް ކުރިން - 10 ޖެނުއަރީ 2026 16:56
2011 ވަނަ އަހަރު ބޭއްވުނު އަދާލަތު ޕާޓީގެ ދެވަނަ ކޮންގްރެސްގައި އިކްރާމް އާއި މުއްތަލިބު ވާހަކަފުޅު ދައްކަވަނީ---
2011 ވަނަ އަހަރު ބޭއްވުނު އަދާލަތު ޕާޓީގެ ދެވަނަ ކޮންގްރެސްގައި އިކްރާމް އާއި މުއްތަލިބު ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

އަމާޒަކީ ކުރިން ޕާޓީއަށް ލިބިފައިވާ ގަދަރާއި ރީތިނަން އަނބުރާ އިއާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ތެރޭގައި މަގުބޫލު ޕާޓީއަކަށް އަދާލަތު ޕާޓީ ހެދުންކަމުގައި އޭނާ ވިދާޅުވޭ.

އަދާލަތު ޕާޓީ ހަތަރުވަނަ ދައުރުގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އިކްރާމް އަބްދުއްސައްތާރު އެމަގާމަށް ކުރިމަތިލީ ޕާޓީއަށް ބޮޑު ރިފޯމެއް ގެންނަން ޖެހިފައިވާތީކަމަށް ވިދާޅުވެއްޖެ އެވެ. 

2005 ވަނަ އަހަރު އަދާލަތު ޕާޓީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި މެންބަރެއްގެ ހައިސިއްޔަތުން، އަދާލަތު ޕާޓީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އޭނާ ގަބޫލުކުރެ އެވެ. އެގޮތުން ކުރިން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ބޮޑު ތާއީދެއްއޮތް އަދާލަތު ޕާޓީއަކީ މިހާރު އާއްމުންގެ އިތުބާރު އަލުން ހޯދަން ޖެހިފައިވާ ޕާޓީއެއްކަމަށް އޭނާ ގަބޫކުރެ އެވެ. އެހެންކަމުން އިކްރާމްގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން ޕާޓީއަށް ލިބިފައިވާ ގަދަރާއި ރީތިނަން އަނބުރާ އިއާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ތެރޭގައި މަގުބޫލު ޕާޓީއަކަށް އަދާލަތު ޕާޓީ ހެދުންކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ. 

އިކްރާމް އަބްދުއްސައްތާރަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަދި ޕީ.އެޗް.ޑީ ފުރިހަމަ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރާއަކަށް މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އައި.ޔޫ.އެމްގައި ގާނޫނާއި ރިސާޗްގެ މާއްދާތައް ކިޔަވައިދެއްވުމުގެ އިތުރުން، ގާނޫނީ ވަކީލުކަންވެސް ކުރައްވަމުންގެންދަވާ އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން އަަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އައިސްފައިވާ ފަރާތެކެވެ.

Advertisement

Advertisement 1

2017 ވަނަ އަހަރުން ފެށިގެން ޕާޓީގެ މިސްރާބު ކަސިޔާރުވެ، އަދާލަތު ޕާޓީ އުފެއްދި އަސްލު މަގްސަދާއި ހިލާފަށް ޕާޓީ ހިންގަމުންގެންދާ ކަމަށް ގަބޫލުރެވޭތީ، ޕާޓީގެ ހަރަކާތްތަކާއި ދުރުގައި ހުންނަވާތާ ހައެއްކަ އަހަރު ވެދާނޭކަމަށް އޭނާ ބުނެ އެވެ.

އިކްރާމްގެ ރަނިންމޭޓަކަށް ހިޔާރުކުރައްވާފައިވާ މުހައްމަދު މުއްތަލިބަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން މެރިން ރިސޯސަސް ދާއިރާއިން ޑިގްރީ ހާސިލްކުރައްވައި، މިދާއިރާއިން ދިގުމުއްދަތަކަށް ސަރުކާރަށް ހިދުމަތްކުރައްވައި، ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި ޕާޓީގެ މަޝްވަރާ މަޖިލީހުގައި ހަރަކާތްތެރިވެފައިވާ ޕާޓީގެ ދުވަސްވީ މެމްބަރެކެވެ.

ސިޔާސީ ޕާޓީސިޔާސީއަދާލަތު ޕާޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

16 ދުވަސް ކުރިން - 14:27

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

21 ދުވަސް ކުރިން - 09:50

ގެރިމަސް ނުކާ ތިން ކާޅު: ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

25 ދުވަސް ކުރިން - 16:26

ގާނޫނާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގުން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ގަރާރެއް

36 ދުވަސް ކުރިން - 12:59

ރޫޅާލި ޕާޓީގެ ތަޚުތު ހޯދުން: ނަޝީދުގެ ސިޔާސީ ކުޅިގަނޑާއެކު އެމްޑީޕީ ދާޚިލީ ހަނގުރާމައަކަށް

ނަޝީދުގެ ސިޔާސީ ކުޅިގަނޑާއެކު އެމްޑީޕީ ދާޚިލީ ހަނގުރާމައަކަށް

39 ދުވަސް ކުރިން - 15:50

ހިޔާލު ފާޅުކުރުމުގައި އާންމު މަސްލަހަތު އިސްކޮށް ސުލްހަވެރިކަމާއެކު ކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

51 ދުވަސް ކުރިން - 23:42