ޓޫރިޒަމް ދާއިރާގެ ތިން ޓެކުހެއް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

އުސްތާޛް އަލީ އާދަމް | 396 ދުވަސް ކުރިން - 30 އޮކްޓޯބަރު 2024 14:03
ޓޫރިޒަމް މިނިސްޓަރ ފައިސަލް އަދި ބަންޑާރަނައިބާއެކު - ޓޫރިޒަމް ޓެކްސް އަށް މިއަދު ގެނައި ބަދަލުގެ ސަބަބުން އިޤްތިޞާދު ކުރިއަރާނެ. / ފޮޓޯ: ޚުލާސާ
ޓޫރިޒަމް މިނިސްޓަރ ފައިސަލް އަދި ބަންޑާރަނައިބާއެކު - ޓޫރިޒަމް ޓެކްސް އަށް މިއަދު ގެނައި ބަދަލުގެ ސަބަބުން އިޤްތިޞާދު ކުރިއަރާނެ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޓީއެސްޖީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް ބޮޑުކޮށް، ޓޫރިޒަމްގެ ދާއިރާއިން ދައުލަތަށް އިތުރު ޢާމްދަނީ ލިބޭ ގޮތަށް ޓޫރިޒަމާއި ގުޅުންހުރި 3 ޓެކުހެއް ބޮޑުކޮށްފި.

ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރުމަށް މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީއިން ދިރާސާކުރުމަށްފަހު މުޅި މަޖިލިސް ކޮމިޓީއަށް ހުށަހެޅި ތިން ބިލަކީ:

1. ޓީޖީއެސްޓީ ބިލު: 2025 މޭ 1 އިން ފެށިގެން 16 ޕަސެންޓަށް، އަދި 2025 ޖޫން 1 އިން ފެށިގެން 17 ޕަސެންޓަށް އިތުރުކުރުމަށް ފާސްކުރިއެވެ. މި ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ.

2. ގްރީން ޓެކްސް: 2025 ޖެނުއަރީ 1 އިން ފެށިގެން 50 ޕަސެންޓަށް އިތުރުކުރުމަށް ފާސްކުރިއެވެ. މި ބިލު ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ.

3. އެއަރޕޯޓް ޓެކްސް: އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު، އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ އެންމެންގެ އަތުން 480 ޑޮލަރު ނެގުމަށް ފާސްކުރިއެވެ. މި ބިލުވެސް ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ.

މި ތިން ބިލަށްވެސް އިދިކޮޅު މެންބަރުން ހުށަހެޅި އިޞްލާޙްތައް ވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ބޭރުކޮށްލާފައެވެ. އިދިކޮޅު މެމްބަރުން ހުށަހެޅި އިޞްލާޙްތައް ބޭރުކޮށްލީ، އެބޭފުޅުންގެ އިޞްލާޙުތަކުގެ މައިގަނޑު ބިނާވެފައިވަނީ ދައުލަތަށް ލިބޭ ޢާމްދަނީ ދަށްކޮށް، ސަރުކާރަށް ދަތިކުރުމަށް އިޞްލާޙުތައް ހުށަހެޅުމާއި ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%