Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިއްޖެ

ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު
166 ދުވަސް ކުރިން - 16 މާޗް 2026 15:16
ރާއްޖެ އަށް މީގެ ކުރިން ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. / ފޮޓޯ: ޚުލާސާ
ރާއްޖެ އަށް މީގެ ކުރިން ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 63.7 އިންސައްތައިގެ އިތުރުވުމެއް.

މިއަހަރުގެ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

މިދިޔަ ދެ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 422.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 257.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 63.7 އިންސައްތައިގެ އިތުރުވުމެކެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

Advertisement

Advertisement 1

އާމްދަނީއަށް އައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އެގޮތުން، މިދިޔަ ދެ މަހުގެ ތެރޭގައި ރާއްޖެއަށް 474,920 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 430,356 ފަތުރުވެރިންނާ އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ދެ މަހުގެ ތެރޭގައި ދުވާލަކަށް އެވްރެޖްކޮށް 6,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެ އެވެ. ނަމަވެސް، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި އަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިހާރު ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު އުޅެނީ 4,000 ގަ އެވެ.

ޓެކްސްމީރާފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

1 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

2 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

4 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

5 ދުވަސް ކުރިން - 17:46

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

10 ދުވަސް ކުރިން - 10:06

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

11 ދުވަސް ކުރިން - 19:40