ހުޅުމާލެ ފޭސް 2 ގައި ގައި ހުރި ބޭނުން ނުކުރާ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދިން ގޮތުގައި، މި ޙާދިސާ ހިނގި ތަނުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 16:01 ގައި ކަމަށެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން މި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ މިންވަރުވެސް މި ވަގުތު އެނގިފައެއް ނުވެއެވެ.








