ޕީޖީގެ ކުރީގެ ނިންމުންތަކާ ގުޅިގެން 500 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

އަައިޝަތު ޒީނާ | 359 ދުވަސް ކުރިން - 27 އޮކްޓޯބަރު 2024 14:06
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް.
ޚުލާސާ

ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ޕީޖީ އޮފީހުން ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުނި.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށް ހުޅުވާލި 20 ދުވަހުގެ މުއްދަތުގެ ތެރޭގައި 500 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި، އިސްތިއުނާފުކޮށް ހިނގަމުންދާ އިސްތިއުނާފްތަކާއި، މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ޖުމްލަ 539 (ފަސްސަތޭކަ ތިރީސް ނުވައެއް) ޝަކުވާ އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ޕީޖީ އޮފީހުން ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ބަލަންޖެހޭ ބެލުންތައް ބަލައި މުރާޖަޢާކުރުމަށްފަހު، އެ އޮފީހުން ނިންމާ ގޮތެއް ހުށަހެޅި ފަރާތްތަކާ ޙިއްޞާކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފް، އެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ ބައެއްގެ ޝަކުވާތައް ނުރަސްމީކޮށް ލިބިގެންދާތީ ކަމަށް އައްބާސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%