ފިލިޕީންސްގެ 800 ރަށެއް 10 ފޫޓަށް ފެން ބޮޑުވެއްޖެ

އުސްތާޛް އަލީ އާދަމް | 359 ދުވަސް ކުރިން - 27 އޮކްޓޯބަރު 2024 11:54
ފިލިޕީންސްގެ ޙާލަތު: 800 ރަށް ފެނުއަޑީގައި އޮތްއިރު މަރުވި މީހުންގެ ޢަދަދު 130 އަށް އަރައިފި.
ފިލިޕީންސްގެ ޙާލަތު: 800 ރަށް ފެނުއަޑީގައި އޮތްއިރު މަރުވި މީހުންގެ ޢަދަދު 130 އަށް އަރައިފި.
ޚުލާސާ

ފަސްމިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހޭނެ ކަމަށް ބެލެވޭ ފިފިލިޕީންސްގެ 800 ރަށެއް ވަނީ 10 ފޫޓަށް ފެންބޮޑުވެފަ. 130 މީހުން މަރުވެއްޖެ. ފާއިތުވި ދެދުވަސްތެރޭ އެކަނިވެސް 87 މީހުން މީހުން ވަނީ މަރުވެފަ.

ތޫފާނުގެ ސަބަބުން ފިލިޕީންސުން މަރުވި މީހުންގެ ޢަދަދު 130 އަށް އަރައިފިއެވެ. ފިލިޕީންސްގެ 800 ރަށެއް ވަނީ 10 ފޫޓަށް ފެންބޮޑުވެފައެވެ.

ކޮންމެ އަހަރަކުވެސް ގިނަ ތޫފާނުތައް އަންނަ ފިލިޕީންސްއަށް މިހާރު އަރާފައިވާ ތޫފާނަށް ދީފަިއވާ ނަމަކީ ޓްރާމީއެވެ.

މި ތޫފާނުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސްފައިވާއިރު ފާއިތުވި ދެދުވަސްތެރޭ އެކަނިވެސް 87 މީހުން މީހުން މަރުވެ 41 މީހުން ގެއްލިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. 

ފަސް މިލިއަން މީހުން ހާލުގައި ޖެހޭނެކަމަށް ބެލެވޭ މި ތޫފާނަކީ މިއަހަރު އެޤައުމަށް އެރި އެންމެ ނުރައްކާތެރި ތޫފާނު ކަމަށް އެޤައުމުން ބުނެއެވެ. މި ތޫފާނުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ބައި މިލިއަނެއްހާ މީހުން ވަނީ އެކި ސަރަހައްދުތަކުގައި ހަދާފައިވާ 6300 އަށްވުރެ ގިނަ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%