މިއަދު 10 ޖަހާއިރު ބޫޓާނުގެ ކުރިކެޓް ސްޓޭޑިއަމްގައި ދިވެހިރާއްޖެއާއި ތައިލެންޑް ކުޅޭ އިންޓަރނޭޝަނަލް ފައިނަލް މެޗު ބޯ ވިއްސާރައިގެ ސަބަބުން ޑިލޭ ވެއްޖެއެވެ. މެޗު އޮންނާނެ ވަގުތެއް އަދި ނޭނގެއެވެ.
ބޯ ވިއްސާރައިގެ ސަބަބުން މެޗު ޑިލޭވިކަން ބޫޓާން ކްރިކެޓްއިން ވަނީ މީގެ ވަގުތުކޮޅެއް ކުރިން އިޢުލާން ކޮށްފައެވެ.
ހަތް ވިކެޓުން ބޫޓާން ބަލިކުރުމަށްފަހު ކޯޗު އިސްމާއިލް ނިހާދުގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ 14 އަހަރުގެ އިންތިޒާރަކަށްފަހު ފައިނަލަށް ދަތުރުކޮށްފައިކަން ފަހަގަ ކުރެވެއެވެ.
ތައިލެންޑް ފައިނަލަށް އައީ އިންޑޮނޭޝިއާ އަތުން މޮޅުވެގެންނެވެ.










