Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޫ އިޤްތިޞާދު ބައްޓަންކުރުމަށް ނާޒިމް ގޮވާލައްވައިފި

ނޫ އިޤްތިޞާދު ބައްޓަންކުރުމަށް ނާޒިމް ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
630 ދުވަސް ކުރިން - 24 އޮކްޓޫބަރު 2024 21:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަޤްރީރުކުރައްވަނީ / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަޤްރީރުކުރައްވަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި ނޫ އިގްތިސާދުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށާއި ބުލޫ ކާބަން ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުމުގެ މުޙިންމުކަމަށް ނާޒިމް ފާހަގަކުރެއްވި.

މޫސުމީ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް، ނޫ އިޤްތިޞާދު ބައްޓަންކޮށް، އީޖާދީގޮތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ގޮވާލައްވާފިއެވެ.

ޗައިނާގެ ޝިންޑާއޯގައި ކުރިއަށްދާ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަޤްރީރުކުރައްވަމުން ނާޒިމް ވަނީ ކަނޑުގެ ވެށި ކިލަނބުވިޔަ ނުދިނުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އަޅައިދިނުމަށް ގޮވާލައްވައި، އެ ރޮނގުން ރާއްޖެއިން އަަޅާފައިވާ ފިޔަވަޅުތައް ޙިއްސާކުރެއްވާފައިވެއެވެ. އެގޮތުން އޭނާ ވިދާޅުވީ، ރާއްޖެއިން ކަނޑުގެ 93 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި، އެއީ ގާތްގަނޑަކަށް 63 ހާސް ހެކްޓަރުގެ ސަރަޙައްދެއް ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި ނޫ އިގްތިސާދުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ. އަދި ބުލޫ ކާބަން ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުމުގެ މުޙިންމުކަމަށް ނާޒިމް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، މޫދުވިނައިން ކާބަން އެބްޒޯބްކުރާ މިންވަރަކީ، ރެއިން ފޮރެސްޓްތަކަށް ވުރެ ހެކްޓަރަކަށް %40 އިތުރު ޢަދަދެއްކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރާއްޖޭގެ މަސްވެރިކަމުގެ ސަޤާފަތާއި ދޮށީގެ މަސްވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ނާޒިމް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤަވާޢިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށާއި ކަނޑުގެ ދިރުން ޙިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ ތަޖުރިބާއިން ޢިބްރަތް ލިބިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ކަނޑުން ހަކަތަ އުފެއްދުމާއި މެރިން ބަޔޯޓެކްނޮލޮޖީގެ ހޯދުންތައް އިތުރުކޮށް ފުޅާކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުޙިންމުކަމަށް ވެސް ނާޒިމް އަލިއަޅުއްވާލެއްވިއެވެ.

ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްއަކީ ނޫ އިޤްތިޞާދުގެ ރޮނގުން ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމެކެވެ. މި ފޯރަމް މި މަހުގެ 25ގެ ނިޔަލަށް ކުރިއަށްދާއިރު، މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ 400 ފަރާތެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

2 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

9 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

9 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

21 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

40 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

41 ދުވަސް ކުރިން - 12:12