Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުލަތުގެ ޚަރަދުގެ އެންމެ %1 ސިޔާސީ މުވައްޒަފުންނަށް: މާލީ ވަޒީރު

ދައުލަތުގެ ޚަރަދުގެ އެންމެ %1 ސިޔާސީ މުވައްޒަފުންނަށް: މާލީ ވަޒީރު

އައިޝަތު ރުވާ ރިފްޢަތު
675 ދުވަސް ކުރިން - 24 އޮކްޓޫބަރު 2024 21:20
މާލީ ވަޒީރު, ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވުން/ ފޮޓޯ: މަޖިލިސް
މާލީ ވަޒީރު, ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވުން/ ފޮޓޯ: މަޖިލިސް
ޚުލާސާ

ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ 4 އިންސައްތައަށްވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ޚަރަދުގެ 1 އިންސައްތަ ކަމަށް މާލީ ވަޒީރު ވިދާޅުވި.

ދައުލަތުން ސިޔާސީ މުވައްޒަފުންނަށް ޚަރަދު ކުރަނީ މުޅި ދައުލަތުގެ ޚަރަދުގެ އެންމެ 1 އިންސައްތަ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރަށް ލަފާކުރާ ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ގިނަ އިސްލާހުތައް ތަންފީޒުކުރުމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ފެށުމުގެ ސަބަބުން، އެ ކަންކަން ތަންފީޒުކުރުން ލަސްވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި އިސްލާހުތަކަކީ ކުރީގެ ސަރުކާރުން އަހަރުތަކެއް ވަންދެން ދައްކަމުން އައި ވާހަކަތަކެއް ނަމަވެސް، އޭގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދަތުރުފަތުރާއި ހަފްލާތަކަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި، ބައެއް މުއައްސަސާތަކުގެ ވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް 2 އަހަރު ދުވަހުގެ މުއްދަތަށް ދަށްކުރަން ނިންމާފައިވަނީވެސް ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ 4 އިންސައްތައަށްވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ޚަރަދުގެ 1 އިންސައްތަ." މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ހަރަކާތްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ މިންވަރާއި ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އާންމު ހާލަތާއި އިޖުތިމާއީ ހަޔާތާއި، އިޤްތިސާދީ ކުރިއެރުމާ ގުޅިލާމެހިފައިވާ ކަންކަން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

4 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

4 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43