5.1 ބިލިއަންގެ ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 361 ދުވަސް ކުރިން - 24 އޮކްޓޯބަރު 2024 14:15
އިބްރާހީމް ފަލާހް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް. ފޮޓޯ: ޙުލާސާ
އިބްރާހީމް ފަލާހް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް. ފޮޓޯ: ޙުލާސާ
ޚުލާސާ

މަޖިލީހުން ބޭނުންވަނީ 1 ދުވަސްތެރޭ މަސައްކަތް ނިންމުމަށް. އަދި ކޮމިޓީ ރިޕޯޓު ލިބުމަށްފަހު ބާއްވާ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 2 މިނެޓުގެ ވަގުތެއް ދިނުމަށް.

5.1 ބިލިއަންގެ ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށްފިއެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

މަޖިލިހުން ބޭނުންވަނީ މިއަދު ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުގެ މަސައްކަތް އަވަސްކުުރުމަށެވެ. އެގޮތުން މާދަމާއަކީ ހުކުރު ދުވަސް ކަމަށްވެފައި، މިއަދު ބަހުސް ނިންމާ، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށްފަހު އެ ކޮމިޓީގެ މަސައްކަތް 1 ދުވަހުގެ ތެރޭގައި ނިންމުމަށް ހުށަހެޅުއްވިއެވެ.

ފަލާހު ހުށަހެޅުއްވީ ބަޖެޓުގެ ބަހުސްގައި ބައިވެރިވާން ބޭނުންވާ ކޮންމެ މެންބަރަކަށް 5 މިނެޓުގެ ވަގުތެއް ދިނުމަށްފަހު މިއަދު ބަހުސް ނިންމާލުމަށެވެ. ކޮމިޓީ ރިޕޯޓު ލިބުމަށްފަހު ބާއްވާ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 2 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުން 69 މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.

ދައުލަތުން ހުށަހެޅި ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއް ކުރުމަށް ނިންމާފައިވަނީ 2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%