Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަޤީންކޮށްދެއްވުމަށް ރައީސް އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެއް: ޕީއެންސީ

މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަޤީންކޮށްދެއްވުމަށް ރައީސް އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެއް: ޕީއެންސީ

އައިޝަތު ރުވާ ރިފްޢަތު
685 ދުވަސް ކުރިން - 24 އޮކްޓޫބަރު 2024 11:20
ރައީސް ބައިވެރިވެވަޑައިގެންނެވި ހަރުގެ ޖަލްސާ ތެރެއިން / ފޮޓޯ: ޕީއެންސީ
ރައީސް ބައިވެރިވެވަޑައިގެންނެވި ހަރުގެ ޖަލްސާ ތެރެއިން / ފޮޓޯ: ޕީއެންސީ
ޚުލާސާ

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތަކަކީ ހަރުދަނާ އަދި ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށް ޕީއެންސީން ބުނެފައިވޭ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ފިޔަވަޅުތަކަކީ ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަޤީންކޮށްދެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތަކަކީ ހަރުދަނާ އަދި ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ނިންމެވުމާއި، ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރުމަށް ހުށަހެޅުއްވުން ހިމެނެއެވެ.

ޕީއެންސީން ބުނިގޮތުގައި، ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ، ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ދިޔައިރު، ނިމިދިޔަ ސަރުކާރުން ޚަރަދުތައް ކޮންޓްރޯލުކުރުމަށް އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައިނުވާކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2022 ވަނަ އަހަރު ބަޖެޓު ޑެފިސިޓު 11.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވި އިރު، 2023 ވަނަ އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް ޕީއެންސީ ބުންޏެވެ.

Advertisement

Advertisement 1

ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި މި ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން އުނދަގޫ ނަމަވެސް ޤައުމުގެ ޙައްޤުގައި ނިންމަވަންޖެހޭ މުހިންމު ނިންމެވުންތަކެއް ކަމަށެވެ. އަދި މިއީ ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަޤީންކޮށްދިނުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްކަމަށްވެސް ވެރިކަންކުރާ މައި ޕާޓީގެ ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީ
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ފަޒީނު

685 ދުވަސް ކުރިން - 11:24

ވަރަށް ބޮޑަށް އަހަރެންވެސް ތާއީދު ކުރަން އެ ނިންމެވި ނިންމެވުމަށް.

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

2 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05