Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޭޕް މަނާކުރަންޖެހުނީ ކުރީގެ ސަރުކާރުތަކުގެ އިހުމާލުން: މަޖިލީހުގެ ނައިބު ރައީސް ނާޡިމް

ވޭޕް މަނާކުރަންޖެހުނީ ކުރީގެ ސަރުކާރުތަކުގެ އިހުމާލުން: މަޖިލީހުގެ ނައިބު ރައީސް ނާޡިމް

އާނާ ފަހީމް
678 ދުވަސް ކުރިން - 22 އޮކްޓޫބަރު 2024 13:07
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމް
ޚުލާސާ

ކުރީގެ ސަރުކާރުތަކުން ވޭޕް ރެގިއުލޭޓްކުރުމަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން މިހާރުގެ ސަރުކާރުން ވޭޕް މަނާކުރަން މަޖުބޫރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމް ވިދާޅުވެއްޖެ.

މި ސަރުކާރުން ވޭޕް މަނާކުރަން ޖެހުނީ ކުރީގެ ސަރުކާރުތަކުން އެ ތަކެތި ރެގިއުލޭޓްކުރުމަށް ފިޔަވަޅު އަޅާފައިނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޡިމް ވިދާޅުވެއްޖެއެވެ. ނާޡިމް މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި، ދުންފަތް އެކުލެވޭ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޡިމް ވިދާޅުވިގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު ތަޢާރަފުކުރެވުނުއިރު ވޭޕަކީ ދިވެހިން ދަންނަ އެއްޗެއް ނޫނެވެ. ނަމަވެސް މިހާރު ވޭޕް ބޭނުންކުރުން އާންމުވެފައިވާއިރު، އެކަން ރެގިއުލޭޓް ކުރުމަށް ކުރީގެ ސަރުކާރުތަކުން ފަސްޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޭރުގެ އެހެން ޤައުމުތަކުގައި ވޭޕަށް ޓެކްސް ނަގަމުންދިޔައީ ސިނގިރޭޓަކަށް ކުރާގޮތަށް... އެކަމަކު ރާއްޖޭގައި އެކަން އެގޮތަށް ނުގެނެވުމުގެ ސަބަބުން ވޭޕްގެ ކަންތައްތައް ފެތުރިގެންގޮސް ބޮއްސުންލައިގެންގޮސް ވަބާއަކަށްވާ ހިސާބުން ސަރުކާރުން މިވަނީ ވޭޕް މަނާކުރަން ނިންމާފައި،" ނާޡިމް ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ނާޡިމް ވަނީ ރައްޔިތުންގެ ސިއްޙަތަށް ގެއްލުންދޭ ތަކެތިން އިމްޕޯޓް ޑިއުޓީ ނެގުމުގެ އިތުރަށް އެކްސައިޒް ޓެކްސް ނަގަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން، އެނާޖީ ޑްރިންކާއި ހަކުރު ފަދަ ތަކެތިން ޓެކްސް ނަގަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނާޡިމް ވިދާޅުވިގޮތުގައި މި ބަދަލުތައް ގެންނަންޖެހެނީ ރާއްޖެއިން ސިއްޙީ ދާއިރާއަށް ކުރާ ހޭދައަށް ބެލުމަށްފަހުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިރިއުޅުމުގެ އާދަތައް ސިއްޙަތަށް ނުރައްކާވާގޮތަށް ބެހެއްޓުމަށްފަހު އާސަންދައަށް ބަރޯސާވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއާ ނުބައްދަލު ޚަރަދެއް ކުރަންޖެހޭ ކަމަށެވެ.

ނާޡިމް އިތުރަށް ވިށް ވިދާޅުވީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުން ދުންފަތާ ދުރަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް، ޤާނޫނުގައި ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ތަންފީޛު ނުކުރެވެނީސް ދުންފަތުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވި ބްލެކް މާކެޓުގައި އެއެއްޗެހި (ސިނގިރޭޓް) ނުގަނެވޭނެގޮތަށް ރާވައި، އަދި ހަމައެއާއެކު ސްމަގަލް ނުކުރެވޭނެ ގޮތްތައްވެސް އަޅުގަނޑުމެން އެބަޖެހޭ ރާވަން،" ނާޡިމް ވިދާޅުވިއެވެ.

އެމަނިކުފާނު އިންޒާރު ދެއްވީ ޑިއުޓީ ބޮޑުކުރުމުން ރާއްޖެއަށް ދަށް ކޮލިޓީގެ ސިނގިރޭޓު އިތުރުވެ، އޭގެ ކަޅު ބާޒާރެއް އުފެދުމުގެ ފުރުސަތު އޮތް ކަމަށެވެ. މި ފުރުސަތުތައް ނައްތާލުމަށް އިތުރު ބަދަލުތައް ގެންނަންޖެހޭކަން ވެސް ނާޡިމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

4 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

4 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43