ބެންގަލޫރުގައި މިހާރު ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމުން އިންޑިއާ ބަލިކޮށްފިއެވެ.
މުބާރާތް ބާއްވާ ޤައުމު ރާއްޖެއިން ބަލިކުރީ ހަ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ 54 ޕޮއިންޓް 48 ޕޮއިންޓުންނެވެ.
ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި އިއްޔެ ފުރަތަމަ ކުއާޓާރ ނިންމާލީ 15 ޕޮއިންޓް 8 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ މައްޗަށް އިންޑިއާއަށް ކުރި ނުހޯދުނެވެ.
ދެވަނަ ކުއާޓަރުގައި ރާއްޖެއިން ނިންމާލީ 24 ޕޮއިންޓް 17 ޕޮއިންޓުންނެވެ. އަދި ތިންވަނަ ކުއާޓަރު ރާއްޖޭގެ ނެޓްބޯލް ޓީމުން ނިންމާލާފައިވަނީ 41 ޕޮއިންޓް 33 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅުނުއިރު، ބަލިވީ މެލޭޝިއާއަތުން އެކަންޏެވެ. އެއީ 64 ޕޮއިންޓް 28 ޕޮއިންޓުންނެވެ.
އެހެންނަމަވެސް ރާއްޖެއިން މިމުބާރާތުގައި ކުޅުނނު ފުރަތަމަ މެޗުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ސަޢޫދީ އަރަބިއްޔާ ބަލިކޮށްފައެވެ.
ރާއްޖެއިން ސައޫދީ ބަލިކުރީ 74 ޕޮއިންޓް 14 ޕޮއިންޓުންނެވެ.
އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި 15 ގައުމު ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ސައުދީ އާއި، ސްރީ ލަންކާ އާއި، މެލޭޝިއާ އާއި، ފިލިޕީންސް އާއި، އިންޑިއާ އަދި ޖަޕާނެވެ.
ރާއްޖެއިން މިއަދު ނުކުންނާނީ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.









