އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް

އާނާ ފަހީމް | 405 ދުވަސް ކުރިން - 22 އޮކްޓޯބަރު 2024 12:46
އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ހޯދި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން
އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ހޯދި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން
ޚުލާސާ

5 ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ ހިއުމަން ރައިޓްސް ކޮމިޝަނާއި ދިވެހިރާއްޖޭގެ އަޑު ގުޅިގެން ބޭއްވި 12 ވަނަ އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދައިފި.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ގުޅިގެން ބޭއްވި 12 ވަނަ އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ.

ފަސްދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ފ. އަތޮޅު ތައުލީމީ މަރުކަޒާއި، އިސްކަންދަރު ސްކޫލް، މުހިއްޔިއްދީން ސްކޫލް، ރެހެންދި ސްކޫލް އަދި ހިރިޔާ ސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ.

މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ފާތިމަތު ސަޢުދާ އާއި ޕީއެސްއެމްގެ އިސްވެރިންނެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ސަޢުދާ ވިދާޅުވީ، ބޮޑެތިވަމުން އަންނަ ޖީލުގެ މެދުގައި އިންސާނީ ޙައްޤުތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށެވެ. އަދި މި މަޢުލޫމާތަކީ ދިރިއުޅުމުގައި ބޭނުންހިފާ އެއްޗަކަށް ހެދުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މި ކުއިޒްގެ ބޭނުމަކީ ސްކޫލްތަކާއި އަދި ބޮޑުވަމުން އަންނަ ޖީލަށް އިންސާނީ ޙައްޤުތަކާ ގުޅޭ މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކޮށް ކުރިއެރުވުމެވެ. މިއީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ޤާއިމުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކުއިޒެކެވެ.

މިއަހަރުގެ ކުއިޒް ކުރިއަށްގެންދިއުމުގައި ހޯޕް ފޮރ ވިމެން ވެސް ބައިވެރިވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%