Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގައި ވަޒީރު ރަމީލާ ބައިވެރިވެ ވަޑައިގެންފި

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގައި ވަޒީރު ރަމީލާ ބައިވެރިވެ ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
633 ދުވަސް ކުރިން - 22 އޮކްޓޫބަރު 2024 09:58
ވަޒީރު ޑރ. އައިޝަތު ރަމީލާ
ވަޒީރު ޑރ. އައިޝަތު ރަމީލާ
ޚުލާސާ

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި، ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ދިމާވެފައިވާ ހުރަސްތައް އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކުރުމަށް މަސައްކަތް ކުރެވޭނެ.

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވަޒީރު ޑރ. އައިޝަތު ރަމީލާ ބައިވެރިވެ ވަޑައިގެންފިއެވެ. އިއްޔެ އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ ފުޑް އެންޑް އެގްރިކަލްޗަ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ހެޑްކުއާޓަރގައި ފެށި މިބައްދަލުވުން މިމަހުގެ 25 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި 152 ޤައުމުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖެއިން ވަޒީރު ރަމީލާގެ އިތުރުން މިނިސްޓްރީގެ ޑިރެކްޓަރ އަލީ އާމިރު ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ވުޒާއިން ބުނެއެވެ. 

ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއޯ، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އައިފެޑް)، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)، އަދި އ.ދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ އިސްވެރިން ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 733 މިލިޔަން މީހުން ބަނޑުހައި ހޫނުކަން ތަޙައްމަލު ކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. 

Advertisement

Advertisement 1

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ އުފައްދާފައިވަނީ 1974 ވަނަ އަހަރުއެވެ. 2024 ވަނަ އަހަރަކީ މި ކޮމިޓީއަށް 50 އަހަރު ފުރޭ އަހަރެވެ. މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ގައިޑްލައިންތައް އެކުލަވާލުމެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި، ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ދިމާވެފައިވާ ހުރަސްތައް އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކުރުމަށް މަސައްކަތް ކުރެވޭނެއެވެ. އަދި ދުނިޔޭގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި ދެމެހެއްޓެނިވި، އެންމެންނަށް ހިމެނޭ، އަދި ދެމިހުންނަނިވި ކާނާގެ ނިޒާމެއް އުފެއްދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރެވިގެން ދާނެއެވެ. 

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

192 ދުވަސް ކުރިން - 23:35

އެޗްއާރްސީއެމްގެ ރައީސް ކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

193 ދުވަސް ކުރިން - 10:37

އެޗްއާރުސީއެމަށް އައްޔަން ކުރަން ޑރ. ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފި

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް

287 ދުވަސް ކުރިން - 19:02

ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

593 ދުވަސް ކުރިން - 11:33

ސިޓީ ކައުންސިލުން ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ ޢަމަލީ މަސައްކަތް ކޮށްފައި ނުވާތީ، ބައްދަލުވުމެއް ބާއްވައިފި

ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ ސިޓީ ކައުންސިލާއި ބައްދަކުރައްވައިފި

599 ދުވަސް ކުރިން - 12:25

ފުވައްމުލަކުގައި ޤާއިމް ކުރާ ޤައުމީ ލެބޯޓަރީގެ ޙިދުމަތް 2025 ގައި ފޯރުކޮށްދެވޭނެ: ވުޒާރާ

ޤައުމީ ލެބޯޓަރީ: 2025 ގައި ޚިދުމަތް ފެށޭނެ

607 ދުވަސް ކުރިން - 15:15