Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތަފާސްހިސާބުގެ އަލީގައި އެކުލަވާލާ ސިޔާސަތުތަކުން ޤައުމަށް ފައިދާކުރާނެ: ދާޚިލީ ވަޒީރު

ތަފާސްހިސާބުގެ އަލީގައި އެކުލަވާލާ ސިޔާސަތުތަކުން ޤައުމަށް ފައިދާކުރާނެ: ދާޚިލީ ވަޒީރު

އާނާ ފަހީމް
688 ދުވަސް ކުރިން - 21 އޮކްޓޫބަރު 2024 22:42
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
ޚުލާސާ

ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތަފާސްހިސާބު މުހިންމު ދައުރެއް އަދާކުރާ ކަމަށް.

ތަފާސްހިސާބު ބޭނުންކޮށްގެން އެކުލަވާލާ ސިޔާސަތުތަކުން ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ (20 އޮކްޓޯބަރު 2023) ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމްކޮށްގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތަފާސްހިސާބު، މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ހާމަކުރާ ތަފާސްހިސާބުގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް ހެޔޮ އަސަރު ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ތަފާސްހިސާބުން މި ފެންނަނީ އަޅުގަނޑުމެން އިމްޕޯޓްކުރާ ގާތްގަނޑަކަށް 50 އިންސައްތަ މުދަލުން ޑިއުޓީ ނުނަގައޭ. 4 ބިލިއަން ރުފިޔާ ނަގާއިރުގައި 1 ބިލިޔަން ރުފިޔާ މަޢާފު ކޮށްލެވޭ. މިއުޅެނީ ދައުލަތުގެ އާމްދަނީ އިތުރު ނުކުރެވިގެން. މި ތަފާސްހިސާބުން އެނގިގެންގޮއްސި ޑިއުޓީ މައާފު ކުރުމުގައި މުރާޖަޢާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު އިތުރަށް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ތަފާސްހިސާބު ފޮރުވުމުގެ ސަގާފަތެއް އޮތް ނަމަވެސް، މިހާރު ތަފާސްހިސާބު ފަސޭހައިން ފެންނަން ހުންނާނެ ގޮތަށް ހާމަކުރަން ޖެހޭކަމަށެވެ. އަދި މި މަޢުލޫމާތަކީ ވީހާވެސް އަވަހަށް ހާމަކުރާ އެއްޗަކަށް ވާންޖެހޭ ކަމަށާއި، ޢާންމުންނަށް އެނގޭގޮތަށް ފަސޭހައިން އޮޅުންފިލާނެހެން ތަފާސްހިސާބު ހާމަކުރުން މުހިންމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލާބެހޭ ތަފާސްހިސާބު ޢާންމުކޮށް ދައުލަތާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ތަފާސްހިސާބު ހާމަކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ދަތުރުފަތުރާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް އިތުރުވަމުން އަންނައިރު ނިންމުންތައް ބިނާވާންޖެހޭނީ ތަފާސްހިސާބުގެ މައްޗަށް. އަދި ޤައުމުގެ އިޖުތިމާޢީ، ޞިއްޙީ، މާލީ، އިޤުތިޞާދީ، ތިމާވެށީގެ ދާއިރާގެ ކުރިއެރުމަށް ތަފާސްހިސާބުން ލިބޭ މަޢުލޫމާތު ވަރަށް މުހިންމު." ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަފާސްހިސާބު ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދައުލަތާއި ވިޔަފާރިތަކާއި އިޖުތިމާޢީ އެކި ކަންކަމާ ގުޅިގެން ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއްކަން ކަށަވަރުކުރުމަށް ތަފާސްހިސާބު އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އަގުވަޒަންކުރުމެވެ.

މި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތަފާސްހިސާބުގެ މުހިންމުކަމާއި، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ކަސްޓަމްސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

22 ދުވަސް ކުރިން - 09:18

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

36 ދުވަސް ކުރިން - 23:01

ބޯޓެއްގެ ތެރެއިން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ބޯޓެއްގެ ތެރެއިން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

41 ދުވަސް ކުރިން - 14:40

15,600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ ރެކޯޑެއް

15,600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ ރެކޯޑެއް

82 ދުވަސް ކުރިން - 23:02

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

125 ދުވަސް ކުރިން - 21:29

3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

136 ދުވަސް ކުރިން - 12:25

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%