Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ފުޅާކުރުމަށް ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރަންޖެހޭ: އައިފާން

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ފުޅާކުރުމަށް ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރަންޖެހޭ: އައިފާން

އާނާ ފަހީމް
598 ދުވަސް ކުރިން - 21 އޮކްޓޫބަރު 2024 22:56
މަޖިލީސް މެމްބަރ އަހުމަދު އައިފާން
މަޖިލީސް މެމްބަރ އަހުމަދު އައިފާން
ޚުލާސާ

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞެއް ހިމެނޭނީ ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރުމަށްފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ހިމެނުމަށްޓަކައި، އެންމެ ފުރަތަމަ ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރަންޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤާނޫނާއި އަރބަން ޑިވަލޮޕްމެންޓްގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިލަންދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ޤަރާރެއްގައި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞެއް ހިމަނާފައިނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އައިފާން ވިދާޅުވީ، 2010 ވަނަ އަހަރު އެކުލަވާލެވުނު ލާމަރުކަޒީ ޤާނޫނުގައި އިޚްތިޞާޞެއް އޮންނަ ކަމަށް ބަޔާންކޮށްފައި އޮންނަނީ ހަމައެކަނި ރަށާއި ސިޓީ ކައުންސިލްތަކުގެ ކަމަށެވެ. އެހެންކަމުން، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞެއް ހިމެނޭނީ ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރުމަށްފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، އަރބަން ޑިވަލޮޕްމެންޓްގެ ބިލާ ގުޅޭގޮތުން މިލަންދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށައަޅާފައިވާ ސިޓީގައި، އެ ބިލު އޮތްގޮތުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާކަމަށް ތުހުމަތުކޮށްފައިވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ތުހުމަތުތަކުގައި ބާރުތައް ނިގުޅައިގަނެވެނީ ކިހިނެއްކަން ނުވަތަ ނިގުޅައިގަނެވޭކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ޟަމީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގާނޫނު އަސާސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް: ރައީސް

ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް: ރައީސް

48 ދުވަސް ކުރިން - 13:26

އިތުރު ބަދަލުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ދެކޮޅު، އެކަމެއް ނުކުރާނަން: ރައީސް

އިތުރު ބަދަލުތަކެއް ގާނޫނޫއަސާސީ އަށް ނުގެންނާނަން: ރައީސް

52 ދުވަސް ކުރިން - 11:42

ލާމަރުކަޒީ ގާނޫނަށް ގެނެވުމު އިސްލާހުތަކަކީ އެ ނިޒާމު ޗެމްޕިއަންކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް: ގާސިމް

"ލާމަރުކަޒީ ގާނޫނަށް ގެނެވުމު އިސްލާހުތަކަކީ، ގެންނަންޖެހޭ އިސްލާހުތަކެއް"

298 ދުވަސް ކުރިން - 11:31

ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު 21 އަހަރަށް މަތިކުރަނީ

ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު 21 އަހަރަށް

598 ދުވަސް ކުރިން - 23:39