Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގައި ޗާޓާޑް އެކައުންޓެންޓެއް ހުރުން ލާޒިމުކުރަނީ

ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގައި ޗާޓާޑް އެކައުންޓެންޓެއް ހުރުން ލާޒިމުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
643 ދުވަސް ކުރިން - 21 އޮކްޓޫބަރު 2024 13:44
މާލީ ވަޒީރު މޫސާ ޒަމީރު. / ފޮޓޯ: ރައީސް އޮފީސް
މާލީ ވަޒީރު މޫސާ ޒަމީރު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި އިސްލާހުތަކުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް އިތުރަށް ހަރުދަނާވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދުވެގެންދާނެ.

ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެ ކުންފުންޏެއްގައި ޗާޓާޑް އެކައުންޓެންޓެއް ހުންނަ ގޮތަށް ޤަވާއިދު އިސްލާހު ކުރު ކުރުމަށް ނިންމާފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޒަމީރު ވިދާޅުވީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ ރިފޯމް މަސައްކަތް ސަރުކާރުން ބާރަށް ކުރަމުންދާއިރު، ބައެއް ކުންފުނިތަކުގެ މާލީ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓިފައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފެނަކަ ފަދަ ކުންފުނިތައް އޮޑިޓް ކުރުމަށް ދިއުމުން، އެކައުންޓެންޓެއް ނެތި ބަޔާންތައް ތައްޔާރުނުވެ ހުރިކަން ޒަމީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑު މިފަށާގަތް ހިސާބު ނުވަތަ އަޅުގަނޑު މިކުރާ ކަމަކީ، ސަރުކާރު ކޮންމެ އެސްއޯއީއެއްގެ ހިސާބުތައް ނިންމާނީ ރާއްޖޭގައި ޗާޓާޑް އެކައުންޓެންސީގެ ހުއްދަ އޮންނަ ފަރާތަކުން ކަމަށް. އޭރުން ކޮންމެ އެސްއޯއީއަކުން ޖެހޭނެ އެކައުންޓެންޓެއް ބަހައްޓައިގެން އެކައުންޓުތައް އޮޑިޓް ކުރެވޭނެ ނިޒާމެއް ރާވަން." ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ދައުލަތުގެ މުދާތައް ބެލެހެއްޓުމުގެ ހަރުދަނާ ޤާނޫނީ ނިޒާމެއް އޮންނަން ޖެހޭކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ޤާނޫނުތަކަށް ކުރިން ގެނެސްފައިހުރި ބަދަލުތަކާއެކު ދައުލަތުގެ ކުންފުނިތަކަށް ބަސްބުނަންވީ ފަރާތް މިހާރު ސާފުނުވާ ކަމަށެވެ. އަދި މިވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ހިންގި ބޮޑެތި ކޮރަޕްޝަން މައްސަލަތައްވެސް ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތްކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް

މި މައްސަލަ ހައްލުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެންނަން ޖެހޭނަމަ އެކަންވެސް ކުރާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

"ސަރުކާރު ކުންފުނިތަކަކީ ވަކިން ތަނެއް ހަދައިގެން ރެގިއުލޭޓް ކުރަންޖެހޭ ތަންތަންތޯ އަޅުގަނޑުމެން ސީރިއަސްކޮށް ބަލަމުން މިދަނީ. މީގެ ކުރިން ފިނޭންސްގެ ދަށުން ކުރިއިރު އަޅުގަނޑަށް ހީވަނީ މާ ރަނގަޅަށް މިކަން ކުރެވުނުހެން. އެހެން ކަމުން، ޤާނޫނަށް އިސްލާހު ގެންނަން ޖެހެންޔާ އެކަންވެސް ކޮށްގެން މައްސަލަ ހައްލުކުރަން މަސައްކަތް މިކުރަނީ." ބަންޑާރަނައިބު ވިދާޅުވިއެވެ.

މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިކަން ޤާނޫނީ ގޮތުން އޮންނަނީ ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުގެ ދަށުގައިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މި ނިޒާމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާކަން މި ބައްދަލުވުމުން ފާހަގަކުރެވުނެވެ.

މި އިސްލާހުތަކުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދުވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

ރައީސް އޮފީސްބަންޑާރަ ނައިބު އަހުމަދު އުޝާމު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދުސްތޫރީ ނިޒާމަށް ބަދަލު އަންނާނެ ކަމެއް ނޫން: ބަންޑާރަ ނައިބު

"އިންތިހާބު އެއްކޮށް ބޭއްވައިގެން ދުސްތޫރީ ނިޒާމަށް ބަދަލެއްނާދޭ"

130 ދުވަސް ކުރިން - 14:39

ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދު ކުޑަކުރުމަށް: ބަންޑާރަނައިބު

"އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ ހަރަދުކުޑަކުރުމަށް"

133 ދުވަސް ކުރިން - 16:06

ކުރީ ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި: ބަންޑާރަ ނައިބު

ކުރީ ސަރުކާރުން މިލިއަނުން ބަދަލުގެ ގޮތުގައި ދޫކުރި!

284 ދުވަސް ކުރިން - 15:44

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: އުޝާމް

284 ދުވަސް ކުރިން - 13:20

މީޑިއާ ބިލަށް ސަރުކާރުން ލަފާ ދިނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅާ މާއްދާވެސް އުނިކުރަން

ނޫސްވެރިންނަށް ފިޔަވަޅުއަޅާ މާއްދާވެސް އުނިކުރަން ސަރުކާރުން ލަފާދީފި

318 ދުވަސް ކުރިން - 20:24

މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން: ބަންޑާރަނައިބު

"މީޑިއާ ބިލު ބޭރުކުރަން ޖެހޭކަމަށް ގަބޫލެއްނުކުރަން"

332 ދުވަސް ކުރިން - 19:32